ރާއްޖޭގެ ރިސޯޓެއްގައި ސްވިމިން ޕޫލަކަށް އެރުނު ފަސް އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެއެވެ.
ސްވިމިންގ ޕޫލަކަށް ފައިބައިގެން އުޅުނު ކުޑަ ކުއްޖަކު މަރުވެފައިވާކަމަށް، ވަގުތު ނޫސް އަދި ދުވަސް ނޫހުންވެސް ރިޕޯޓްކޮށްފައިވެއެވެ.
މިނޫސްތަކުން ހާމަކޮށްފައިވާގޮތުގައި، ކުޑަކުއްޖަކު މަރުވެފައިވަނީ ދ. މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ ރިސޯޓެއްގައެވެ. އަދި މިހާދިސާ ހިގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މަރުވި ކުއްޖާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި މާލެގެނިވިފައި ވާއިރު މިކުޑަ ކުއްޖާ މަރުވެފައި އޮއްވާ ފެނިފައިވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް ސްވިމިންގ ޕޯލްގެ އަޑިން އިއްޔެގެ ވަގުތެއްގައެވެ.
ހާދިސާ އެނގޭ ފަރާތަކާ ހަވާލާދީ ވަގުތުނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުއްޖާ މަރުވީ ސްވިމިން ޕޫލްގެ މައްޗަށް އެރުމަށް ފަހު ސްވިމިން ޕޫލްތެރެއަށް އެތައް ފަހަރަކު ފުންމައި ވެސް ހެދުމަށް ފަހު މާސްކެއް އަޅައިގެން ސްވިމިން ޕޫލަށް އެރުނު ފަހުންނެވެ. އެ ކުއްޖާ މޫދަށް އެރުނީ ލޮލާއި ނޭފަތާއި އަނގަ އެއްކޮށް ނިވާ ވާގޮތައް ހުންނަ ވަށް މާސްކެއް އަޅައިގެން ކަމަށްވެސް ވެއެވެ.
ކުއްޖާ މަރުވި ސަބަބެއް މިހާ ތަނަށް އެނގިފައި ނުވާއިރު، ކުއްޖާ މަރުވީ ސީދާ ކޮން ރިސޯޓެއްގައި ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.
ރާއްޖޭގައި ފަތުރުވެރިން ގެނބިގެން މަރުވުމުގެ ތަފާތު ހާދިސާތައް ހިނގާކަން ފާހަގަކުރެވެއެވެ. ނަމަވެސް ކުޑަކުއްޖަކު ސްވިމިން ޕޫލަކަށް އެރި އުޅެގެން މަރުވުމުގެ ހާދިސާއަށް މިފަހުގެ ތާރީޚުގައި ރިޕޯޓްކުރިވިފައި ނުވެއެވެ.