ޚަބަރު
އެމްޑީޕީއަކީ ފެށުނީއްސުރެ އަނިޔާވެރި ޕާޓީއެއް: ޖަމީލް

އެމްޑީޕީއަކީ ފެށުނީއްސުރެ އެޕާޓީގެ މެމްބަރުންނަށް އަނިޔާވެރި ޕާޓީއެއް ކަމަށާއި އެޕާޓީގައި އެއްވެސް އިރެއްގައި އަނިޔާވެރިކަން ނޫން އެހެން ކަމެއް ނެތްކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީތެރެ ބައިބައިވެ ޕާޓީގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެފައިވަނިކޮށް ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ އޮޑި މިސްރާބު ގެއްލި ކައްޕިވެސް ރުޅިގަދަވެއްޖެ ކަމަށެވެ. އަދި އަމިއްލަ ޕާޓީގެ މީހުންގެ ވަޒީފާ ރައްކާތެރިކަމެއް ނެތުމުން ހާމަވެގެންދަނީ އެމްޑީޕީއަކީ ވެރިކަމަށް ޤާބިލް ބައެއް ނޫން ކަމަށެވެ.

“އެމްޑީޕީގެ އިންސާފުގެ އޮޑި މިޞްރާބު ގެއްލި ކައްޕިވެސް ރުޅިގަދަވެއްޖެ. އަމިއްލަ ޕާޓީ މީހުންނަށްވެސް ވަޒީފާގެ ރައްކާތެރިކަމެއް ނެތް.އަނިޔާވެރިވުން ނޫން ކަމެއް އެއްއިރެއްގައިވެސް އޮތް ޕާޓީއެއްނޫން.ހާމަވެގެން މިދަނީ ވެރިކަމާ 100 ފޫޓަށްވެސް ކައިރިކުރަން ހެޔޮވާވަރުގެ ބައެއް ނޫންކަން.”ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވަނީ އިންތިޚާބާއި ކައިރިވެފައިވަނިކޮށް ޕާޓީތެރެއިން ވާޒީފާ ގެއްލިގެން ދިޔުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި އެމްޑީޕީގެ މެންބަރުން ބައިބައިވެ ކުރެއްވި ބަހުސަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގައިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!