ޚަބަރު
މާފުށީގައި އަންހެން ކައުންސިލަރަކަށް ހަމަލާދީފި

ކ.މާފުށީގެ އަންހެނުންތަކެއް ފަހަތުން ދުވެ, އަންހެން ކައުންސިލަރަކަށް ހަމަލާދިން މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރު ކޮށްފައިވާ ފިރިހެން މީހާ އަކީ މާފުއްޓަށް ޗުއްޓީއަށް ގޮސް އުޅުނު މީހެކެވެ.

ކެފޭއެއްގެ ތެރޭގައި ތިބި އަންހެނުންތަކެއް ފަހައި އެ މީހާ ދުވީ އޭނާ މަރާލަން އުޅެނީ ކަމަށް ގޮވަމުންނެވެ. އެ މަންޒަރު ވީޑިއޯކޮށްދޭން އެދި ފަހަތުން ދާން ފެށުމުން އޭނާގެ ކިބައިން ސަލާމަތްވާން އެ މީހުން ގެއަކަށް ވަދެ ދޮރު ލައްޕަން އުޅުމުގެ ތެރޭގައި އެ މީހާގެ އަތުގައި އޮތް އުލެއް އަންހެން ކައުންސިލަރެއްގެ ބުރަކައްޓަށް ހަރާލާފައިވާ ކަމަށް އެރަށުގެ ކައުންސިލް މެމްބަރަކު ވިދާޅުވެއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އަންހެން ކައުންސިލަރަށް މާ ބޮޑު އަނިޔާ ތަކެއް ވެފައި ނުވާ ކަމަށާއި، ކައުންސިލުން ބެލިއިރު އޭނާ މާފުއްޓަށް އެތެރެވި ގޮތެއް ނޭނގޭ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް ދެހަފްތާ ދުވަސް ވެފައިވާ ނަމަ ރަށްތަކަށް ދަތުރު ކުރުމަށް ވަނީ ހުއްދަ ދީފައެވެ. އެހެންނަމަވެސް ހައްޔަރު ކުރި މީހާ ވެކްސިން ފުރިހަަމަ ކުރިތާ ދެހަފްތާ ވީކަމެއް އަދި ސާފެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!