ޚަބަރު
އަޅުގަނޑުގެ އެދުމަކީ ކާޑެއްދޫ މުވައްޒަފުންނަށް ފަހި އުޖާލާ ކުރިއެރުންތަކެއް ލިބުން – ސައުދުﷲ

ކާޑެއްދޫ އެއަރޕޯޓުގެ މުވައްޒަފުންނަކީ ހީވާގި ވަފާތެރި މުވައްޒަފުންތަކެއް ކަމަށާއި، އެމުވައްޒަފުންނަށް ފަހި، އުޖާލާ ކުރިއެރުން ތަކަކަށް އެދޭ ކަމުގައި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ސައުތު ރީޖަނަލް ޑައިރެކްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ސައުދުﷲ ވިދާޅުވީ، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ދަށުން ކާޑެއްދޫ ހިންގަމުންދިޔައިރު، އެތަނުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީވެސް ވަރަށް ބުރަކޮށޤ މަސައްކަތް ކުރަމުންދިޔަ ހީވާގި އަދި އިޚްލާސްތެރި މަސައްކަތްތަކެއް ކުރައްވާ މުވައްޒަފުން ކަމަށާއި، ކުންފުނީގެ ކަންތައްތަކުގައި އޭނާއަށް ދެއްވި އެއްބާރުލުމަށް ހިތުގެ އެންމެ އަޑިން ޝުކުރު އަދާކުރާ ކަމަށެވެ.

ކާޑެއްދޫ މުވައްޒަފުން އަޅުގަނޑާ ދޭތެރޭ ބެހެއްޓި އެކުވެރިކަމާއި، އަދި އާރްއޭސީއެލް އަށް ކޮށްދެއްވި އިޚްލާސްތެރި ޚިދުމަތްތަކަށް ހިތުގެ އަޑީން ޝުކުރު ދަންނަވަން. ގާބިލް ހީވާގި، ވަފާތެރި މުވައްޒަފުންތަކެއް. އެދެނީ ފަހި، އުޖާލާ ކުރިއެރުން ތަކަކަށް. އުންމީދަކީ ކާޑެއްދޫ އެއަރޕޯޓަށް ކުރިއެރުން ލިބުން – ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ އިތުރަށް ވިދާޅުވީ، ކާޑެއްދޫ މުވައްޒަފުންނަށް ހުރި ދަތިތަކުގެ ވާހަކަތައް ކުންފުންޏާއި ހިއްސާކޮށް އެކަމުގެ މާބޮޑު ހައްލެއް ކުންފުންޏަށް ހޯދައިދެވިފައި ނުވި ނަމަވެސް، އެއްވެސް ބުރަ ކަމެއް ނެތި ކާޑެއްދޫ މުވައްޒަފުން ކުންފުންނަށް ކޮށްދެއްވާފައިވަނީ އިޚްލާސްތެރި އަދި ބުރަ މަސައްކަތްތަކެއް ކަމަށެވެ.

ސައުދުﷲ މިހެން ވިދާޅުވީ، ރީޖަނަލް އެއަރޕޯޓްސް ގެ ދަށުން ހިންގަމުން އައި ކާޑެއްދޫ އެއަރޕޯޓު މިއަދު ވިލާ އެއާރ އާއި ރަސްމީކޮށް ހަވާލުކުރެއްވުމާއި ގުޅިގެން، އެއެއަރޕޯޓުގެ މުވައްޒަފުން އޭނާގެ ބެލުމުގެ ދަށުގައި ކުރެއްވި މަސައްކަތްތަކަށާއި ދެއްވެވި އެއްބާރުލުމަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުންނެވެ.

ވިލާ ކުންފުންޏާއި ކާޑެއްދޫ އެއަރޕޯޓު މިއަދު ހަވާލުކުރެއްވުމާއި ގުޅިގެން، ކާޑެއްދޫއަށް ވިލާ ކުންފުނީގެ ޗެއަރޕަރސަން ގާސިމް އިބްރާހިމް މިއަދު ވަނީ ވަޑައިގެން ކާޑެއްދޫ އެއަރޕޯޓުގެ ހާލަތު ބައްލަވައިލައްވައިފައެވެ. އަދި ކައިރި މުސްތަޤްބަލެއްގައި އެއަރޕޯޓު އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!