ދީން
ހިލޭ ފިރިހެނުން ގެންގުޅޭ އަންހެން މީހާގެ މައްޗަށް އަމަލު ކުރުމަށް ފިރިމީހާގެ މައްޗަށް އޮތީ ކޮން ގޮތެއްތޯއެވެ؟

ހިލޭ ފިރިހެނުން ގެންގުޅޭ އަންހެން މީހާގެ މައްޗަށް އަމަލު ކުރުމަށް ފިރިމީހާގެ މައްޗަށް އޮތީ ކޮން ގޮތެއް ކަމާއިމެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބު ނުކުތާ ތަކެއްގެ މައްޗަށްދެމެވެ.

ފުރަތަމައީ :

ޒިނޭ ކުރުން ނުތަވަ ޒިނޭގެ މަގުތަކުގެ ނުބައިކަމާއި އޭގެ މުޑުދާރުކަން ދެނެގަތުމެވެ.

ﷲ ވަޙީ ކުރައްވާފައިވެއެވެ: (وَلاَ تَقْرَبُواْ الزِّنَى إِنَّهُ كَانَ فَاحِشَةً وَسَاء سَبِيلاً ) ”އަދި ތިޔަބައިމީހުން ޒިނޭއާ ކައިރި ނުވާށެވެ. އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައި ވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދާހާ ނުބައިވެގެންވެއެވެ.“

ﷲ سبحانه وتعالى މިކަމުގެ ޙުރުމަތުގެ ބޮޑުކަން ބަޔާންކުރައްވާ ވަޙީކުރެއްވިއެވެ: (وَالَّذِينَ لا يَدْعُونَ مَعَ اللَّهِ إِلَهًا آخَرَ وَلا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلا بِالْحَقِّ وَلا يَزْنُونَ وَمَنْ يَفْعَلْ ذَلِكَ يَلْقَ أَثَامًا ( 68 ) يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا ( 69 ) إِلا مَنْ تَابَ )

މާނައަކީ: ”އެބައިމިހުންނަކީ ﷲ އާއެކު އެހެން އިލާހަކަށް ދުޢާ ނުކުރާނެ މީހުންނެވެ. އަދި ﷲ ޙުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ޙައްޤަކާއި ނުލައި ނުމަރާ މީހުންނެވެ. އަދި ޒިނޭ ނުކުރާ މީހުންނެވެ. އެއިން ކަމެއް ކޮށްފިމީހާ އެކަމުގެ ޢުޤޫބާތާއި ބައްދަލު ކުރާނެއެވެ. އެމީހަކަށް ޤިޔާމަތް ދުވަހުން ޢަޛާބު ގިނަ ކުރައްވާހުއްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ ޙާލު އެއަޛާބުގެ ތެރޭގައި އެމީހަކު ދެމިހުންނާނެ އެވެ. ތައުބާވެ، އީމާންވެ، ގިނަގިނައިން ޞާލިޙު ޢަމަލު ކުޅަ މީހަކު މެނުވީއެވެ.“

ވުމުން، މި ޢަމަލަކީ ކިތަންމެ ގާތް ދުރު މީހެއްގެ ޢަމަލު ކަމުގައިވީނަމަވެސް އޭގެ ނުބައިކަމާއި ނުރައްކަލާއި އަދި އޭގެ އަހުލުވެރިޔާ ފަސާދަވެފައިވާނެ ވަރު ވިސްނައި ފިކުރުކޮށްލުން ހުއްޓެވެ.

އިމާމާ الإمام ابن القيم – رحمه الله ވިދާޅުވެފައިވާ ބަސްފުޅުން އެޢަމަލު ކުރާމީހެއްގެ ނަފްސުގެ މުޑުދާރުކަމާއި، އެމީހެއްގެ ހަޑި ހުތުރުކަން އަދި ޠާބީޢަތް ބަދަލުވެފައިވާނެ ވަރު ދެނެގަތުން ހުއްޓެވެ.

”ޒިނޭ އަކީ އެންމެހައި ނުބައިކަންތަކެއް ޖަމަޢަކޮށްފައިވާ ކަމެކެވެ: ދީންވެރިކަމެއް ނެތުމާއި، ވަރަޢަވެރިކަން ގެއްލުމާއި، ޣީރަތްތެރިކަން ނެތުމާއި، އެއްބަސްވުންތަކަށް ވަފާތެރި ނުވުމާއި، ބަސްބުނުމުގައި ތެދުވެރި ނުވުމާއި، އަނބިދަރީންގެ މައްޗަށް ލަދުވެތިކަމެއް ނެތުމާއި، ޣައްދާރުވުމާއި، މަކަރު ހެދުމާއި ޚިޔާނާތްތެރިވުމާއި، ޙަރާމްކަންތަކަށް އަރައިގަތުމަށް ޖެހިލުން ކުޑަވުމާއި، އޭނާގެ ހިތުން ޣީރަތްތެރިކަން ފިލައިގެން ދިއުންވެ އެވެ.“ روضة المحبين ص 360 – 363

ދެވަނައީ :

މިތަނުގައި ޛިކުރުކޮށްފައިވާ، ކައިވެޏެއްގެ މަތީގައިވާ އަންހެނަކު އެހެން ފިރިހެނަކާ އެކުގައި ނަހަލާލު ގުޅުމެއް ހިންގުމަކީ، އޭގެ ސަބަބުން އޮޓެމެޓިކުން ކޮށްގެންހުރި ކައިވެނި ރޫޅިގެންދާނެ ކަމެއް ނޫނެވެ.

ޝައްކެތްވެސް ނެތެވެ. އެއީ ފާފަވެރިކަން ބޮޑުވެގެންވާ މުޑުދާރު ޢަމަލެއް ކަމުގައިމެނުވީ ނުވެ އެވެ.

އެ ގޮތުން އެފަދަ ފާފަތައް ކަމުގައިވާ، ވައްކަން ކުރުމާއި، ބަގުރާ ބުއިމާއި، މީހުން މެރުމާއި، ފޭރުން ފަދަ ޢަމަލުތަކަކީ ބޮޑުވެގެންވާ އޭގެ މައްޗަށް ބޮޑުވެގެންވާ ވަޢީދު އަދި ޢުޤޫބާތް ކަނަޑައެޅިފައިވާ ފާފަތަކެވެ. އެހެނަސް އެ ފާފައަށް އަރައިގަތުމަކުން ކައިވެނި ރޫޅިގެން ނުދާނެ އެވެ.

ތިންވަނައީ :

ޝައްކެތްވެސް ނެތެވެ. މިފަދަ ޒިނޭގެ ޢަމަލު ހިންގާ އަންހެނާއަކީ، ﷲކަނޑައަޅުއްވާފައިވާ ޙައްދުން ބޭރުވެ، އެ އިލާހުގެ ޙައްޤަށް އަރައި އަދި ފިރިމީހާގެ ކިމަންގަތުމުން ބޭރުވެ، ފިރިމީހާގެ ޙައްޤަށް އަރައިފައިވާ އަންހެނެކެވެ.

އެހެނަސް އެހިނދުވެސް، ނުކިޔަމަންތެރިކަން ދައްކާފައިވާ މި އަންހެންމީހާއަށްވެސް އޮތީ ދީނުގައި ކަނޑައެޅިފައިވާ މަންހަޖެވެ.

ﷲ ވަޙި ކުރެއްވި އެވެ. (وَاللَّاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ ۖ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا عَلَيْهِنَّ سَبِيلًا ۗ إِنَّ اللَّهَ كَانَ عَلِيًّا كَبِيرًا) “ އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިޔަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް ނަޞޭޙަތް ދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ! ފަހެ، ތިޔަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެ މަތިވެރި، އެންމެ މާތް އިލާހު ކަމުގައި ވެ އެވެ.“

ނަޞޭޙަތްތެރި ވުމެވެ. ފަހެ، ނަޞޭހަތްތެރިވެ އެ ޢަމަލު ދޫކޮށް ﷲއަށް ތަޥްބާވެއްޖެހިނދު އަނބިމީހާ އެކުގައި ދިރިއުޅުން ހުއްޓެވެ.

އެމީހެއްގެ ޚުލުޤު ނުބައިވެ، އޭގެ އިތުރަށް ޙަރާމް ޢަމަލުގައި މެދުކެނޑުމެއްނެތި ހުރުމުގެ ސަބަބުން، އެމީހަކު ވަރިކުރުން ހުއްދަވެގެންވެ އެވެ.

ވަރިކުރުމުގެ ޙުކުމްތަކަށް ބަލާހިނދު، މިފަދައިން އިޞްލާޙުވުމަށް ދެކޮޅުހަދައި، ﷲގެ ޙައްޤަށް އަރައި، އެގޮތުގައި އަނބިމީހާ ފަރުވާކުޑަ ކުރާނަމަ، ނަޞޭޙަތް ދީގެންވެސް އިޞްލާޙް ނުކުރާނަމަ، މިއީ ޢިލްމުވެރިން ކަނޑައަޅާފައިވާ ވަރިކުރުން މުޞްތަޙައްބުވެގެންވާ ޙާލަތެވެ.

ޙަރާމް ޢަމަލު ކުރުމުގައިވާ ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް އެކަމުގެ މައްޗަށް ނަޞޭހަތްތެރިވުމާއި، ބަޔާންކޮށްދިނުންވެ އެވެ. އަންގައިދިނުން ހުއްޓެވެ. އެ ފާފަވެރި މުޑުދާރު ޢަމަލުން ތަޥްބާވެ، ﷲ ގެ މަގަށް ކުއްތަންވުމަށް ދަޢުވަތު ދިނުންވެ އެވެ. އެހެނަސް އެ މަގު ޚިޔާރު ކުރުމުގެ ބަދަލުގައި، ފާޙިޝް ޢަމަލާއި މުޑުދާރު މަގުގައި ދެމިހުރެއްޖެހިނދު ވަރިކުރުންވެ އެވެ.

މަސްދަރު : އަބޫއަނަސްއެމްވީ.ކޮމް

  1. ޙަމަ ކަން

    ފިރިހެނާ އަށް އޮތް ހުކުމް ބުނެދީ ފިރިހެނުން ނުބައީ ބޮޑަށް

  2. އައިމިނަ

    ހެޔޮނުވާނެ ފިރިންނަށް ކިޔައިދީބަލަ ބޭޭވަފާތެރި ވުމުން އަނބިންނަށް ލިބޭ ނަޗްސާނީ ގެއްލުމާއި ތިކަމުގެ ނުބައިކަން ލިޔެވެން ހުރި މީހުން ލިޔެދީބަލަ. ކިތައް އަންހެނުން މި ވޭނުގަ ހަނާވަނީމި ނިިިިިިިިިިިިިި