ޚަބަރު
ހަރްކީވްއަށް ދިން ހަމަލާތަކުގައި އިންޑިއާގެ ދަރިވަރަކު މަރުވެއްޖެ

ރަޝިޔާއިން ޔުކްރެއިންގެ ހަރްކީވްއަށް ދިން ހަމަލާތަކުގައި އިންޑިއާގެ ދަރިވަރަކު މަރުވެއްޖެކަމަށް އިންޑީޔާއިން ރިޕޯޓްކޮށްފިއެވެ.

އިންޑިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީގެ ޓްވީޓެއްގައި ވިދާޅުވީ ރަޝިޔާއިން އިއްޔެ ހަރްކީވްއަށް ދިން ހަމަލާތަކުގައި ޔޫކްރެއިންގައި ތާށިވެފައި ހުރި އިންޑިއާގެ ދަރިވަރަކު މަރުވެފައިވާ ކަމަށެވެ.

އެޤައުމުގެ ރިޕޯޓްތައް ބުނާގޮތުގައި މިހަގުރާމައިގައި މަރުވެފައިވަނީ ކަރްނާޓަކާއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ ނަވީން ޝެހަރައްޕަ ގްޔަނަގޫޑަރްއެވެ. ނަވީން އަކީ ސިއްޚީ ދާއިރާގައި މަތީ ތައުލީމް ހާސިލް ކުރަމުންދިޔަ ކިޔެވުމަށް މޮޅު ދަރިވަރެކެވެ.

ހަނގުރާމަ ފެށުމުގެ ކުރިން 20،000 އެއްހާ އިންޑިއާ ރައްޔިތުން ޔޫކްރެއިންގައި ތިއްބެވެ. އޭގެ ތެރެއިން 8،000 މީހުން ވަނީ އަނބުރާ ގައުމަށް ގޮސްފަ އެވެ. ސަރުކާރުގެ އެހީގައި 1،400 މީހުން ވެސް ގެންދިޔައެވެ.

އިންޑިޔާއިން ބުނާގޮތުގައި ޔުކްރެއިންގެ ބޯޑަރު ގާޑުން ބޯޑަރު ހުރަސްކޮށް އެހެން ޤައުމުތަކަށް ދާން ބޭނުންވާ މީހުންގެ އަތުން ފައިސާ ނަގަން ޑިމާންޑު ކުރާތީ ބޯޑަރު ހުރަސްކޮށް ބައެއް ޤައުމުތަކަށް އެތެރެވާން ދަރިވަރުންނަށް ހުރަސްތަކާއި ކުރިމަތިވަމުންދެއެވެ. އަދި ޔުކްރެއިންގައި ތިބި އިންޑިޔާ ދަރިވަރުން ރައްކާތެރިކަމާ އެކު އެނބުރި ގައުމަށް އާދެވޭނެ ގޮތް ފަހިކޮށްދިނުމަށް ރަޝިއާ އާޢި ޔޫކްރެއިންގެ ސަފީރުންނަށް އިންޑިޔާއިން ދަނީ ތަކުރާރުކޮށް ގޮވަމުންނެވެ.

ރަޝިޔާއިން ޔުކްރެއިނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއިން މިހާރު ބޭނުންވަނީ ޔުކްރެއިންގައި ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ހަރްކީވްއެވެ. އެގޮތުން އަންގާރަ ދުވަހު އެ ސިޓީއަށް ދިން ހަމަލާތައް ވަރުގަދަކޮށް، ސިޓީގެ މެދުގައި އޮންނަ މައިދާނަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!