ޚަބަރު
ކައްޗާ ބަދާމް ލަވައިން މަޝްހޫރުކަން ހޯދި މީހާ އެކްސިޑެންޓްވެއްޖެ

ފަހަކަށް އައިސް ޓިކްޓޮކްގައި މަޝްހޫރުވެގެން އައި “ކާއްޗާ ބަދާމް” ލަވައިން މަޝްހޫރުކަން ހޯދި އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ބުބަން ބަޑޭކަރު އެކްސިޑެންޓްވެ ހޮސްޕިޓަލުގައި ފަރުވާ ހޯދައިފިއެވެ.

ބުބަންއަކީ އުމުރުން 50 އަހަރުގެ ބަދަން ވިއްކާ މީހެކެވެ. އާއިލާގެ 10 މެމްބަރުން ބަލަހައްޓަމުން އައީ އިންޑިޔާގެ މަގުމަތީގައި ބަދަން ވިއްކާ ވަރަށް ހާލުގަ އުޅެމުންނެވެ.

ފޮޓޯ: ބުބަން އިންޑިޔާ މަގުމަތީގައި ބަދަން ވިއްކުމުގައި

އިއްޔެ ހިނގާދިޔަ އެކްސިޑެންޓުގައި ބުބަންއަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ. އެހެންނަމަވެސް އޭނަގެ ހާލު މިހާރު ރަނގަޅުކަމަށް މީޑިޔާ ރިޕޯޓްތަކުގައި ބުނެފައިވެއެވެ. އޭނާ ދުއްވަމުންދިޔަ ވެހިކަލް ފާރަށް އަރައި ހިނގި މިއެކްސިޑެންޓް މިވަނީ އެންމެންގެ ސަމާލުކަމަށް އައިސްފައެވެ.

ބުބަން މަގުމަތީގައި ބަދަން ވިއްކުމުގައި އުޅުނުއިރު އޭނާ ކިޔާފއިވާ ލަވައެއް ކަމަށްވާ “ކައްޗާ ބަދާމް” ސޯޝަލްމީޑިޔާގައި ވައިރަލްވުމުގެ ސަބަބުން އޭނާއަށް ގިނަ ފުރުސަތުތަކެއް މިވަނީ ލިބިފައެވެ. އެލަވައިގެ ސަބަބުން އޭނަގެ ދިރިއުޅުން މިވަނީ ބަދަލުވެފައެވެ. އަދި މަގުމަތީގައި ލަވަކިޔަމުން ބަދަން ވިއްކުން އޭނާ މިވަނީ މިހާރު ހުއްޓާލާފައެވެ.

މިއުޒިކް އުފައްދާ ކުންފުންޏަކުން އޭނާގެ “ކައްޗާ ބަދާމް” ލަވައިގެ ރޯޔަލްޓީ ގަނެފައިވަނީ 1.5 ލައްކަ ރުޕީސް ދީފައި އެވެ. މިފަހުން ބުބަންވަނީ ބެންގޯލް އެންމެ މަޝްހޫރު ރިއަލިޓީ ޝޯ “ދާދާގިރީ އަންލިމިޓެޑް” އަށް ވެސް ގޮސްފަ އެވެ. ބެންގޯލްގެ އާޓިސްޓުންތަކެއް ވަނީ އޭނާއާ އެކު އެ ލަވައިގެ ރިމިކްސް ވީޑިއޯއެއް ވެސް ހަދައިފަ އެވެ. އެ ލަވަ އަށް ވަނީ ޔޫޓިއުބްގައި 53 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!