ޔޫއެން ހިއުމަންރައިޓްސް ކައުންސިލް ބައްދަލުވުމުގައި، ރަޝިއާގެ ފޮރިންގ މިނިސްޓަރ ސާގޭ ލާވްރޯވް ވީޑިއޯ ލިންކް މެދުވެރިކޮށް ވާހަކަ ދައްކަވަން ފެއްޓެވުމާއެކު، 40 ގައުމަކުން 100 އަށްވުރެ ގިނަ ޑިޕްލޮމެޓުން ހޯލު ދޫކޮށް ހިގައްޖެއެވެ.
ޑިޕްލޮމޭޓުން ހޯލް ދޫކޮށް ގޮސްފައިވަނީ، ރަޝިއާއިން ޔޫކްރެއިންއަށް އަރާ އެގައުމާއި ދެކޮޅަށް މިހާރު ކުރިޔަށްގެންދާ އުދުވާންއާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ. މިއަދު ކުރިޔަށްދިޔަ ބައްދަލުވުމުން ބޮއިކޮޓް ކޮށްފައިވާ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، ޖަޕާންގެ އިތުރުން ޔޫރަޕިއަން ޔޫނިއަންވެސް ހިމެނެއެވެ.
ރަޝިއާގެ ފޮރިންގ މިނިސްޓަރ ސާގޭ ލާވްރޯވްއަށް މިޖަލްސާއަށް ވަޑައި ނުގެންނެވުނީ، ދުނިޔޭގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދުތައް އެގައުމުގެ ފްލައިޓްތަކަށް ބަންދު ކޮށްފައި އޮތުމާއި ގުޅިގެން، ގައުމުން ބޭރަށް އޭނާއަށް ދުރު ކުރެވޭގޮތް ނުވުމާއި ގުޅިގެންނެވެ.
ރަޝިއާގެ ފޮރިންގ މިނިސްޓަރ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގެންދެވިއިރު، ހޯލުގައި ތިބެފައިވަނީ، ރަޝިއާއިން ޔޫއެންއަށް ކަނޑައަޅުއްވާފައި ހުންނަވާ ޖެނީވާގައި ހުންނަވާ ސަފީރުގެ ގެނެޑީ ގަޓިލޯވްގެ އިތުރުން ސީރިއާ، ޗައިނާ އަދި ވެނެޒުއޭލާގެ މަންދޫބެވެ.