ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުން އެމަގާމުގައި ހުންނެވި ޙަސަން މުޢުނީ ވަކިކުރުމަށްފަހު ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް، ހ.ސަންދަލީގެ، ޙަސަން މުޣުނީ މިއަދު ޢައްޔަނު ކުރައްވައިފިއެވެ.
ޙަސަން މުޣުނީ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީން ބެޗެލަރ އޮފް ސައިންސް ހާޞިލްކުރައްވާ، އެމެރިކާގެ ބްރޭންޑައިސް އިންޓަރނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ.
ޙަސަން މުޣުނީ މީގެ ކުރިން ހުންނެވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައެވެ. އެކުންފުނީގެ އެމްޑީގެ މަގާމުން އޭނާ ވަނީ އިއްޔެ ވަކިކޮށްފައެވެ. އަދި އެމަގާމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް އައްޔަންކޮށްފައެވެ.