ދުނިޔެ
މާސްޓަރކާޑާއި ވިސާއިން ރަޝިޔާ ބުލޮކްކޮށްލައިފި

މާސްޓަކާޑާއި ވިސާ ކުންފުނިން ރަޝިޔާގެ ގިނަ މާލީ މުޢައްސަސާތަކަށް ޚިދުމަތްދިނުން ހުއްޓާލައިފިއެވެ.

އެެމެރިކާއަށް ނިޞްބަތްވާ މި ދެ ކުންފުނީގެ ކާޑު ޚިދުމަތުން ރަޝިޔާގެ ބައެއް މުޢައްސަސާތައް ވަކިކުރުމަށް ނިންމާފައިވަނީ ރަޝިޔާއާއި ދެކޮޅަށް އެމެރިކާއިން އިޢުލާންކޮށްފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ޢަމަލުކުރުމުގެ ގޮތުންނެވެ.

ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާއިން އެކުލަވާލާފައިވާ ޚާއްޞަ ލިސްޓެއްގައި ހިމެނޭ ފަރާތްތަކަށް ވިސާއިން ޚިދުމަތްދިނުން ހުއްޓާލާނެއެވެ. އެގޮތުން ރަޝިޔާގެ މަރުކަޒީ ބޭންކާއި، ވީޓީބީ އާއި، މާލީ އެކި މުޢައްސަސާތަކުގެ އިތުރުން، މަތީ ފަންތީގެ ވަކިވަކި މީހުންވެސް މި ލިސްޓުގައި ހިމެނޭކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ރަޝިޔާއަށް ދެމުންދާ ޚިދުމަތްތައް މެދުކަނޑާލާކަން އިޢުލާންކުރުމަށް ވިސާއާއި މާސްޓަކާޑުން ނެރުނު ބަޔާނުގައި ދެ ކުންފުނިންވެސް ބުނެފައިވަނީ އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކާއި އެއްގޮތަށް ކުރިއަށްއޮތްތަނުގައިވެސް ޢަމަލުކުރަމުން ގެންދާނެކަމަށެވެ. އަދި ދެ ކުންފުނިން ވަނީ އިންސާނީ އެހީގެ ގޮތުގައި ޔޫކްރެއިނަށް 2 މިލިއަން ޑޮލަރު ހަދިޔާކުރާނެކަމަށްވެސް ބުނެފައެވެ.

ރިޕޯޓުތައް ބުނާގޮތުން 2021 ވަނަ އަހަރު ރަޝިޔާއާ ގުޅޭ ޕޭމަންޓްތައް، މާސްޓަކާޑުގެ ޖުމްލަ މުޢާމަލާތްތަކުގެ 4 އިންސައްތައަށް އަރައެވެ. އޭގެތެރޭގައި ރަޝިޔާއަށް ފޮނުވާފައިވާ ފައިސާއާއި، ރަޝިޔާއިން ބޭރަށް ފޮނުވާފައިފާ ފައިސާގެ އިތުރުން އެ ޤައުމުގެ އެތެރޭގެ މުޢާމަލާތްތައް ހިމެނެއެވެ. މި މޭރުމުން ބަލާއިރު ޔޫކްރެއިންގެ މުޢާމަލާތްތައް މާސްޓަކާޑުގެ ޖުމްލަ އާމްދަނީގެ 2 އިންސައްތަ ޙިއްސާކުރާކަމަށް ރިޕޯޓުތަކުން ދައްކައެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތަކާއި ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކުން ދަނީ އެކަން ކުށްވެރިކޮށް، ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުންނެވެ. ޤައުމުތަކުގެ މަޝްވަރާތަކަށްފަހު ވިލާތުގެ އިއްތިހާދާއި، އެމެެރިކާއާއި، ކެނެޑާއާއި، އިނގިރޭސިވިލާތުން މިހާރު ވަނީ ސްވިފްޓް ޕޭމަންޓް ވިއުގައިން ރަޝިޔާގެ ބައެއް ބޭންކުތައް ވަކިކޮށްފައެވެ. އަދި ރަޝިޔާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް ކުރާ ހުރިހާ މުޢާމަލާތެއް ހުއްޓުވާފައިވާއިރު، އިތުރު ބޭންކުތަކާއި، ވިޔަފާރިތަކާއި، މަތީފަންތީގެ މީހުންގެ މުދަލާއި ފައިސާ ވަނީ ހިފަހައްޓާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!