ދުނިޔެ
އީލޮން މަސްކްގެ ޖެޓް ޓްރެކް ކުރި ޒުވާނާ މިހާރު ރަޝިއާގެ ބިލިޔަނަރުންގެ ފްލައިޓް މޫވްމަންޓްތައް ޓްރެކްކުރަނީ

އީލޮން މަސްކްގެ ޕްރައިވެޓް ޖެޓް އޮންލައިންކޮށް ޓްރެކް ކުރާ ފްލޮރިޑާގެ ޒުވާނެއް ކަމަށްވާ ޖެކް ސްވީނީގެ އާ އޭވިއޭޝަން ތީމް ޓާގެޓެއްގެ ގޮތުގައި ރަޝިއާގެ ބޮޑެތި ވިޔަފާރިތަކާއި، ބިލިއަނަރުން ޓްރެކްކުރުން ނިންމާފައިވާކަން އޭނާ ހާމަކޮށްފިއެވެ.

މިޒުވާނާގެ އަމިއްލަ ޓްވިޓާ އެކައުންޓް ޑިލީޓް ކުރުމަށް 5،000 ޑޮލަރުގެ ހުށަހެޅުމެއް އީލޮން މަސްކް ހުށަހެޅުމުންވެސް، މިޒުވާނާ ވަނީ، އެކަމާ ދެކޮޅު ހަދާފައެވެ. އުމުރުން 19 އަހަރުގެ މި ޒުވާނާ ދާދި ފަހުން ވަނީ ޔޫކްރެއިން އަށް ރަޝިއާއިން އަރައިގަތުމާ ގުޅިގެން ދެ އޮޓޮމޭޓެޑް ޓްވިޓާ ހޭންޑްލް ކަމަށްވާ @RUOligarchJets އަދި @Putinjet އާ ދެ ހޭންޑްލާ އެއް ލޯންޗްކޮށްފަ އެވެ. މި ދެ ޕްރޮފައިލްގައި ގާތްގަނޑަކަށް 300،000 ފޮލޯވަރުން އެއްކޮށް، ޕްރައިވެޓް ޖެޓްތަކުގެ މޫވްމަންޓްތަކުގެ ގާތްގަނޑަކަށް ލައިވް އަޕްޑޭޓްތައް އަދި އެ މީހުން ލޮކޭޓް ކުރާ މެޕްތަކުގެ ފޮޓޯތަކާ އެކު ގާތްގަނޑަކަށް ލައިވް އަޕްޑޭޓްތައް އަންނަނީ ފޯރުކޮށްދީފައެވެ.

ސްވީނީ ވޯލް ސްޓްރީޓް ޖާނަލްއަށް ދިން އިންޓަވިއުއެއްގައި ބުނީ މިފަދަ ޓްވިޓާ އެކައުންޓްތައް ފަށަން މީހުން އޭނާއަށް އަންގަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ދަތިކުރުމުގެ ފިޔަވަޅުއެޅުމަށް ފަހު ރަޝިއާގެ އެންމެ މުއްސަނދި މީހާއަށް އަމާޒުކޮށް އެ ރިކުއެސްޓްތަކައް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެކައުންޓްތަކުން ޓްރެކް ކޮށްފައިވާ ބައެއް ޖެޓްތަކުގެ ތެރޭގައި ޗެލްސީ ފުޓްބޯލް ކްލަބުގެ އޯނަރު ރޯމަން އަބްރަމޮވިޗް އާއި ވިޔަފާރިވެރިޔާ އަލިޝޭރް އުސްމާނޯވް އަދި ރަޝިއާގެ ގޭސް ޕްރޮޑިއުސަރު ނޮވަޓެކްގެ ބިލިއަނަރު ޗެއާމަން ލިއޮނިޑް މިޚެލްސަން ހިމެނެ އެވެ. ބްލޫމްބާގަށް ދެއްވި ބަސްދީގަތުމެއްގައި ސްވީނީ ބުނެފައިވަނީ، ރަޝިޔާގެ ބިލިޔަނަރުން ބޭނުންކުރާ މަތިންދާބޯޓުތަކުގެ ސައިޒުން އޭނާ އަށް ހައިރާންކަމެއް ލިބިފައިވާ ކަމަށެވެ.

ރަޝިޔާގެ ބިލިޔަނަރުން ދަތުރު ކުރަން ބޭނުންކުރަނީ އެއާބަސް އޭ319 އާއި ބޮއިންގް 737 ފަދަ ކޮމާޝަލް ސައިޒުގެ މަތިންދާ ބޯޓުތަކެވެ. އެހެން ޖެޓްތަކާ އަޅާބަލާއިރު އެމީހުންގެ މަތިންދާބޯޓުތައް ވަރަށް ބޮޑުކަމުގައި ސްވީނީ ފާހަގަކުރެއެވެ.

ޖުމްލަކޮށް ބަލާއިރު، ރަޝިޔާގެ ބޮޑެތި ވިޔަފާރި ވެރިންގެ 40 އަށް ވުރެ ގިނަ މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ވަނީ ޓްރެކްކޮށްފައެވެ. އޭނާ ވަނީ އެހެން މީހުންނަށް ވެސް ޓްރެކް ކުރެވޭނެ މަތިންދާބޯޓުތަކުގެ އަދަދު އިތުރު ކުރުމަށް އެހީތެރިވުމަށް އެދިފައެވެ. ސްވީނީގެ ޓްވިޓާ އެކައުންޓް ޓްރެކިން މަސްކް އަދިވެސް ވަނީ ލައިވްކޮށެވެ. ޖާނަލްއަށް އޭނާ ކިޔައިދިން ގޮތުގައި، ސްވީނީގެ ޓްވިޓާ އެކައުންޓް ޓްރެކިން މަސްކް، އޭނާ ޑިލީޓް ކޮށްލާނީ ހަމައެކަނި ޓެސްލާ މޮޑެލް 3 ގެ އާ މޮޑެލްއެއްގެ ބަދަލުގައި އެކަނިކަމުގައި ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!