ޚަބަރު
ކުޑަކުއްކަޖަށް ޖިންސީގޯނާ ކުރި މީހަކު 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އަނބިމީހާގެ އަންހެން ކޮއްކޮއަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާ ލިބުނު މޯހެއްގެ މައްޗަށް މެޖިސްޓްރޭޓް ކޯޓަކުން ކުށް ސާބިތު ނުވުމުން، އެމައްސަލަ ހައިކޯޓުގަިއ އިސްތިއުނާފު ކުރުމުގެ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް އެމީހާ 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

ރާއްޖޭގެ ރަށެއްގައި 2018 ވަނަ އަހަރު ހިންގި މިއަމަލާއި ގުޅިގެން، އިތުބާރުހިފޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުން ކުށްވެރިވެ ޖަލަށް ލާން ހުކުމް ކޮށްފައިވަނީ އަބްދުﷲ ސާލިމް ކިޔާމިހެކެވެ. މިމައްސަލައިގައި ކުޑަކުއްޖަކު ހިމެނޭތީ އެކުއްޖާގެ ޒާތީ މައުލޫމާތު ކޯޓުން ވަނީ ސިއްރުކޮށްފައެވެ.

ސާލިމްގެ މައްޗަށް 2019 ވަނަ އަހަރު ދައުވާކޮށްފައިވަނީ އޭރު އޭނާ ކައިވެނިކޮށްގެން އުޅުނު މީހާގެ ކޮއްކޮ ގޮވައިގެން ސައިކަލް ދުއްވަން ގޮސް، ކުއްޖާގެ ގައިގައި ބައްދައި، ޖިންސީ ނިޔަތެއްގައި ދޮން ދިން ކަމަށް ބުނެ އެވެ.

ޖިންސީ ގޯނާ ލިބުނު ކުއްޖާ މި ވާހަކަތައް އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ އާއި ބޭބެގެ އަނބިމީހާ އާއި ބޭބެގެ 17 އަހަރުގެ އަންހެން ދަރިފުޅަށް ކިޔައިދީފައިވެ އެވެ. އެހެންވެ މި މީހުން ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައި ވާއިރު ދައުވާ ލިބުނު މީހާ ކުޑަކުއްޖާ އަށް ވައިބައިން ފޮނުވާފައިވާ މެސެޖުތަކެއް ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އެކަމަކު މެޖިސްޓްރޭޓް ކޯޓުގައި ހިންގި ޝަރީއަތުގައި ސާލިމް ވަނީ ދައުވާގައި އެ ބުނާ އަމަލު ކުރި ކަމަށް އިންކާރުކޮށްފަ އެވެ. އެހެންވެ ހުކުމްކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނާ މިންވަރަށް ހެކި ނެތް ކަމަށް ބުނެ ކުށް ސާބިތުނުވާ ކަމަށެވެ.

މީގެ އިތުރުން، ސާލިމް އެ އަމަލު ހިންގީ 2018 ވަނަ އަހަރުގެ މެއި މަހު ކަމަށް ވެފައި އެ ވާހަކަ މީހުން ގާތު ކުއްޖާ ދެއްކީ އަނެއް އަހަރުގެ ޖެނުއަރީ މަހު ކަމަށް ވާތީ އެހާ ދުވަހު މިކަން މައްސަލައަކަށް ނުވެ އޮތް ކަމަށާއި ކުއްޖާ އެވާހަކަ ދެއްކުމުން ވެސް ކަމާބެހޭ ފަރާތަށް ރިޕޯޓް ނުކޮށް ވެސް މަސް ދުވަސް ހޭދަވި ކަމަށް މެޖިސްޓްރޭޓް ކޯޓުން ސާލިމާ އެއްކޮޅަށް ކުރި ހުކުމުގައިވެ އެވެ. ކުއްޖާ އެ ވާހަކަ ދެއްކިޔަ ނުދޭން ސާލިމް ބިރު ދެއްކިކަން އެނގެން ނެތް ކަމަށާއި ކުއްޖާގެ ދައްތަގެ ކައިވެނި ރޫޅިދާނެތީ ކުއްޖާ އެވާހަކަ ނުދައްކާ ހުރީކަން އެނގެން އޮންނަ ކަމަށާއި ދައްތައާއި ސާލިމްގެ ކައިވެންޏަށް އާއިލާ ނުރުހޭތީ ބަދަލު ހިފަން ޖެއްސި މައްސަލައެއް ކަމަށް ބުރަވެވޭ ކަމަށް ވެސް މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައި އޮތެވެ. ސާލިމް ފޮނުވާފައި ހުރި މެސެޖުތަކަކީ ވެސް މާ ފަހުން ފޮނުވާފައި ހުރި މެސެޖު ކަމަށާއި އެއާ ސާލިމާ ގުޅުވާނުލެވޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

މި ހުކުމާ އެކު ސާލިމް މިނިވަންވެ ދޫވެފައި ހުއްޓާ ދައުލަތުން ހުކުމް އިސްތިއުނާފު ކުރުމުން ބެލި މައްސަލާގައި އިއްވި ހުކުމުގައި ސުޕްރީމް ކޯޓުގެ ނިންމުމަކާ ހަވާލާދީ ބުނެފައި ވަނީ ކުޑަކުދިިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުކުރުމަކީ އެއް ނަންބަރު އަނެއް ނަންބަރާ އެއްކޮށްގެން ނެރޭ ހިސާބު ނަންބަރެއްގެ ގޮތުގައި ކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި ކުށް ސާބިތުކުރުމަށް ވަކި އަދަދަކަށް ހެކި ހާމަކުރުމުގެ ބަދަލުގައި، މައްސަލާގައި ކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ހިލާފަށް ގަބޫލުކުރެވޭ ހެކިބަހެއް ނަމަ އޭގެ މައްޗަށް ކުށް ސާބިތުކުރެވޭނެ ކަމަށެވެ.

ދައުވާގައި ބުނާ ކުށް ސާލިމް ކުރި ކަމަށް ކުއްޖާގެ ބަޔާނުންނާއި ސާލިމް އެ ކުއްޖާއަށް ފޮނުވާފައި ހުރި މެސެޖުތަކުން ޝައްކެއް ނެތް މިންވަރަށް އެނގެން އޮންނަ ކަމަށެވެ. އޭގެ ތެރެއިން ޗެޓްލޮގެއްގައި، ހާދިސާ ހިނގިރޭ ކުރި ކަންތަކުގެ ވާހަކަ ސާލިމް އަމިއްލައަށް ފޮނުވި މެސެޖެއްގައި ވެސް އޮތެވެ. އަދި އެ ވާހަކަ އެހެން މީހުން ގާތު ނުދެއްކުމަށާއި އެ ކުއްޖާ ކޮށްފައިވާ އެހެން ކަންތައްތަކެއް އެނގޭ ކަމަށާއި އެ ކަންތައްތައް ފަޅާއަރުވާލާނެ ކަމަށް ބުނެ އިންޒާރުދީ ބިރު ދައްކާ ގޮތަށް ކޮށްފައިވާ މެސެޖުތަކެއް ވެސް ހުރިކަން ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ކުއްޖާއާ މެދު ހިންގި އަމަލަކީ އާއިލީ ގޮތުން އޮތް ގުޅުމުގެ ތެރެއިން ކުރި ކަމެއް ނޫން ކަމަށާއި އެއީ ޖިންސީ ނިޔަތެއްގައި ކުރި ކަމެއްކަން އެކަން ކޮށްފައިވާ ގޮތާއި ސާލިމްގެ މެސެޖުތަކުން އެނގޭ ކަމަށާއި އެހެންވެ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށް، ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހުސައިން މަޒީދުގެ އިއްތިފާގުން މިދިޔަ މަހުގެ 28 ގައި އިއްވެވި ހުކުމުގައިވެ އެވެ.

ސާލިމްގެ މައްޗަށް ދައުވާކުރި މާއްދާގެ ދަށުން ދެވޭ އެންމެ ބޮޑު އަދަބަކީ 18 އަހަރަށް ޖަލަށް ލުމެވެ. އޭނާގެ މައްޗަށް އިއްވި 15 އަހަރުގެ ހުކުމަކީ އެ މާއްދާގެ ދަށުން ދެވޭ އެންމެ ކުޑަ އަދަބެވެ.

މި ހުކުމް ކުރި އިރު ސާލިމް ހުރީ ބަންދުން ދޫވެފައި ކަމަށް ވާތީ، ހުކުމާ އެކު އޭނާ ހައްޔަރުކޮށް ހުކުމް ތަންފީޒުކުރަން ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމަށް ވެސް ހުކުމުގައި ވަނީ ފުލުހުންނަށް އަމުރުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!