މަޢުލޫމާތު
އިސްތަށިގަނޑުގައި ފުނާ ނޭޅޭ، “އަން ކޮމްބްއަބުލް ހެއަރ ސިންޑްރޯމް” ކުރިމަތިމަތިވެފައިވާ ތުއްތުކުއްޖެއް

އިސްތަށިގަނޑުގައި ބޭނުންވާ ގޮތަކަށް ފުނާ އަޅައި، ސްޓައިލްކޮށް، ބޭނުން ގޮތަކަށް ނުބެހެއްޓޭ މައްސަލަ، “އަން ކޮމްބްއަބުލް ހެއަރ ސިންޑްރޯމް” ކުރިމަތިވެފައިވާ ތުއްތު ކުއްޖެއްގެ މައުލޫމާތު އެހެން މީހުންނަށް ހާމަކޮށް، މި ސިއްޙީ މައްސަލަޔަށް މީހުން ހޭލުންތެރިކުރުމުގެ ޚާއްސަ ކެމްޕެއިނެއް ކުއްޖާގެ މަންމަ ވަނީ ކުރިޔަށް ގެންގޮސްފައެވެ.

“އަން ކޮމްބްއަބުލް ހެއަރ ސިންޑްރޯމް” (ޔޫ،އެޗް،އެސް) އަކީ ދުނިޔޭގައި ވަރަށް މަދުން ފެންނަ ސިއްޙީ މައްސަލައެކެވެ. ޔޫއެޗްއެސް ޖެހިފައިވާކަން މިހާތަނަށް ދެނެގަނެވިފައިވަނީ ދުނިޔޭގެ އެންމެ 100 އެއްހާ މީހުންނެވެ. މިސިއްޙީ މައްސަލަ ކުރިމަތިވެފައިވާ މީހުންގެ ބޮލުގެ އިސްތަށިގަނޑު ކަރަންޓް ޖެހުމުން ކޮޅަށްޖެހޭ ފަދަ ގޮތަކަށް ކޮޅަށް ޖެހިފައި ހުރެއެވެ.

ފޮޓޯ: އަންކޮމްބްއަބްލް_ލޮކްސް އިންސްޓަގްރަމް

ޖޯޖިޔާއަށް އުފަން މަންމަޔަކު، އޭނާގެ 1 އަހަރުވީ ދަރިފުޅު ލޮކްލާން އަށް “ޔޫ،އެޗް،އެސް” ޖެހިފައިވާކަން އެނގުމުން، މިބައްޔާއިމެދު، ގިނަބަޔަކު ހޭލުންތެރިކުރުމުގެ ޚާއްސަ ކެމްޕެއިނެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެ މަންމަ ބުނެފައިވާގޮތުން، ދަރިފުޅަށް ބަލިޖެހުމުގެ ކުރިން “އަން ކޮމްބްއަބްލުލް ހެއަރ ސިންޑްރޯމް” ގެ ނަންވެސް އޭނާ ކުރިން އަޑުއަހާފައި ނުވެއެވެ.

“އަން ކޮމްބްއަބުލް ހެއަރ ސިންޑްރޯމް” އަކީ ކޮބާ؟

“އަން ކޮމްބްއަބުލް ހެއަރ ސިންޑްރޯމް” އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ހެއާ ޑިސްއޯޑާ އެކެވެ. އާންމު ގޮތެއްގައި އުމުރުން ތިން މަހާއި ތިން އަހަރާ ދެމެދުގެ ކުދިންނަށް މި ބަލީގެ އަސަރު ކުރެ އެވެ. ނަމަވެސް އުމުރުން 12 އަހަރާ ހަމައަށްވެސް ކުދިންގެ ކިބައިން މި މައްސަލަ ފެންނަ ކަމުގެ ރިޕޯޓްކުރެވިފައި ވެއެވެ. ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތް (އެންއައިއެޗް)އިން ބުނެފައިވާގޮތުން، މެޑިކަލް ސްޓަޑީޒްގައި ރިޕޯޓްކޮށްފައިވަނީ ގާތްގަނޑަކަށް 100 އެއްހާ ކޭސް ކަމަށާއި، ނަމަވެސް ތަޖުރިބާކާރުން ބުނަނީ ރިޕޯޓް ނުކުރާ އިތުރު ކޭސްތައް ވެސް ހުރުމަކީ އެކަށީގެންވެއެވެ.

ޔޫސީއެލްއޭ ހެލްތުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ކެރޯލް ޗެންގް “ޖީއެމްއޭ” ވިދާޅުވާގޮތުގައި މިފަދަ ގިނަ ކުދިންތަކެއް މުޖުތަމަޢުގައި ތިބުމަކީ އެކަށީގެންވާ ކަމެކެވެ. ޑރ ޗެންގް ވިދާޅުވާ ގޮތުގައި، މިސިއްޙީ މައްސަލަޔަށް، ސްޕުން ގްލާސް ހެއާ ވެސް ކިޔެއެވެ. މިފަދަ ސިއްހީ މައްސަލ ދިމާވެފައިވާ ކުދިންގެ، އިސްތަށިގަނޑު ވަކި ގޮތަކަށް ފުނާ އަޅައި، ސްޓައިލްކޮށްނުލެވުމުގެ އިތުރުން  ބޮލުގައި އިސްތަށި އެކިގޮތްގޮތަށް ފަޅާފައިވާ ހުރެއެވެ.

“ޔޫ،އެޗް،އެސް”  ޖެހިފައިވާކަން ދެނެގަތުމަށް ޑޮކްޓަރުން ޖެނެޓިކް ޓެސްޓް ހަދައެވެ. އަދި އިސްތަށި ފަޅާފައިވާގޮތާއި، އިސްތަށިގެ ބައްޓަމުންވެސް މިމައްސަލަ ދެނެގަނެވެއެވެ. މައިކްރޮސްކޯޕެއްގެ އެހީގައި އިސްތައްޓެއް ވަކިން ބޮޑުކޮށްގެން ބަލައިފިނަމަ، އިސްތަށީގެ ކޮޅު، ވަށްކޮށް، ސިލިންޑާއެއްގެ ބައްޓަމަށް، އިސްތަށީގެ ކޮޅު، އާންމު މީހުންގެ ހުންނައިރު، މިބަލި ޖެހިފައިވާ މީހުންގެ އިސްތަށިތަކުގެ ކޮޅު ހުންނަނީ، ތިނެސްކަން ބައްޓަމަށެވެ. ބޮލުގައިވާ ހުރިހާ އިސްތައްޓެއް މިބަލީގެ ސަބަބުން ބަދަލުވުމުގެ ބަދަލުގައި، ބައެއް އިސްތަށިތައް ރަނގަޅަށް އާންމުކޮށް ހުންނަ ގޮތަށް ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިބަލި ޖެހިފައިވާކަމަށް ޑޮކްޓަރުން ނިންމަނީ، ކުއްޖެއްގެ ބޮލުގެ އިސްތަށިގަނޑުގެ 50 އިންސައްތަ އަށްވުރެ ބޮޑުބައި، އިސްތަށިގަނޑަށް މިމައްސަލަ ކުރިމަތިވެފައި ވާނަމައެވެ.

ހަށިގަނޑުގައިވާ 3 ޖީންއަކަށް އަންނަ ބަދަލުތަކެއްގެ ސަބަބުން މިމައްސަލަ ކުރިމަތިވެއެވެ. އަދި މިމައްސަލަ މައިންބަފައިންގެ ކިބައިން ޖީންގެ ޒަރީއާއިން، މަދު ހާލަތެއްގައި ވާރުތަވެއެވެ. މައިންބަފައިންކުރެ، ކޮންމެވެސް އެކެއްގެ ޖީންތަކުގެ ތެރެއިން ޑޮމިނެންޓް ޖީންއެއްގެ ގޮތުގައި މިމައްސަލަ ކުރިމަތިވާ ޖީން އެކުލެވޭނަމަ، ދަރިންނަށް މިޖީން ވާރުތަވުމުގެ ފުރުޞަތު އޮވެއެވެ.

މިމައްސަލައާއިއެކު ދިރިއުޅެންޖެހިފައިވާ ގޮތް:

މިސިއްޙީ މައްސަލަ ކުރިމަތިވުމުން، ކުރިމަތިވެފައިވާ އެންމެ އުދަނގޫ ކަމަކީ، ދަރިފުޅުގެ ބޮލުގެ އިސްތަށިގަނޑު ފުނާއަޅައި، އޮމާންކޮށް، އެއްގޮތަކަށް ސްޓައިލްކޮށް ރީތިކޮށް ބެހެއްޓުމެވެ. މި މަންމަ ހާމަކޮށްފައިވާ ގޮތުން، ދަރިފުޅުގެ އިސްތަށިގަނޑަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ވަރަށް ރަނގަޅަށް ބަލަހައްޓަން ޖެހެއެވެ. މިގޮތުން، މާގިނައިން ބޯދޮވެ، ޝޭމްޕޫ ކުރުމަކީވެސް ވަރަށް ބޮޑަށް އިސްތަށިގަނޑު ހަލާކުވާ ކަމެކެވެ. އަދި ތަފާތު އެކި ބާވަތުގެ ހެއަރ ޕްރޮޑަކްޓްސް އިސްތަށިގަނޑާއި ނުގުޅޭކަން ފާހަގަކުރެވެއެވެ. އިސްތަށި ގަނޑު މަނޑު ނަމަވެސް ފަސޭހައިން ބުރިވެ ހަލާކުވާތީ، އެއްވެސް ގޮތަކަށް ފުނާ އަޅައި ނެހެދެއެވެ.

މިތުއްތު ލޮކްލާންގެ ފޮޓޯތަކަށް އިންސްޓާގްރަމްގައި، ވަރަށްބޮޑު މަޤުބޫލުކަމެއް ލިބިފައިވާއިރު، ގިނަ ބަޔަކު، މިކުއްޖާގެ އިސްތަށިގަނޑު ރީތިވެގެން ކޮމެންޓް ކޮށްފައި ވެއެވެ. ލޮކްލާންގެ އިސްތަށިގަނޑު ހުންނަނީ ވަރަށް މަނޑުކޮށް، ޅަދޫންޏެއްގައި ލޯލި ހުންނަ ގޮތަށެވެ. އަދި އޭނާއާއި ބައްދަލުވާ ގިނަބަޔަކު، ބޮލުގެ އިސްތަށިގަނޑުގައި އަތްލައި އިސްތަށިގަނޑު ހުންނަގޮތް ބަލަން ބޭނުންވާކަން މަންމަ ފާހަގަކުރެއެވެ.

ލޮކްލާންގެ މަންމަ އެހެން ފަރާތްތަކަށް ދޭން ބޭނުންވާ މެސެޖަކީ، ތަފާތު ސިފައެއް ލިބިފައިވުމަކީ މައްސަލައެއް ނޫންކަމަށާއި، ތާފު ސިފައެއް ލިބުމަކީ، އެކަމާއި އުފާކުރަންޖެހޭ ކަމެކެވެ. އެއީ އެއްވެސް ހާލެއްގައި، ހިތްވަރު ދެރަކޮށް މާޔޫސްވާންޖެހޭ ކަމެއް ނޫންކަމެވެ.

އަންކޮމްބްއަބުލް ހެއާ ސިންޑްރޯމް އަށް ރަސްމީ ފަރުވާއެއް ނެތް އިރު، ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް އިސްތަށިގަނޑުގެ އާދަޔާ ހިލާފު ކަންކަން އަމިއްލަ އަށް ހައްލުވާން ފަށަ އެވެ.

“ޝައުޤުވެރިވާ ކަމަކީ ޢުމުރާއެކު މި ޙާލަތު ރަނގަޅުވާކަމެވެ. އެހެންވެ ފުރާވަރަށް އަރައިގެން ނުވަތަ ފުރާވަރަށް އަރައިގެން އަންނައިރު، އާންމު ގޮތެއްގައި އިސްތަށިގަނޑުގެ ހާލަތު ރަނގަޅުވޭ،” ޑރ ޗެންގް ފާހަގަ ކުރެއްވި އެވެ. އެހެންކަމުން މިސިއްޙީ މައްސަލަ ކުރިމަތިވާ ކުދިން އެ ކުދިންގެ މުޅި އުމުރު އެ ގޮތުގައި ދެމިނުހުރުއެވެ. މިއީ މިމައްސަލަ ތަޙައްމަލު ކުރަންޖެހިފައިވާ ކުދިންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިއްބައިދޭ ކަމެއްވެސް މެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!