ޚަބަރު
ޓެނިސް މުބާރާތުން ލިބޭ ހުރިހާ ފައިސާގެ އިނާމް ޔުކްރެއިން އަސްކަރިއްޔާއަށް ދޭން އެލީނާ ނިންމައިފި

ޔުކްރެއިންގެ މަޝްހުރު ޓެނިސް ކުޅުންތެރިޔާ އެލީނާ ސްވިޓޮލިނާއަށް ޓެނިސް މުބާރާތުން ލިބޭ ފައިސާގެ އިނާމް ޔުކްރެއިންގެ އަސްކަރިއްޔާއަށް ހަދިޔާކުރުމަށް އެލީނާ ނިންމައިފިއެވެ.

މިހާރު ކުރިއަށްދާ އަންހެނުންގެ އިންޓަނޭޝަނަލް ޓެނިސް މުބާރާތް ކަމަށްވާ “މޮންޓެރީ އޯޕެން” ގައި އެލީނާ ވަނީ ބައިވެރިވެފައެވެ. ދުނިޔޭގެ ރޭންކިންގައި 15 ވަނާގައި ހިމެނޭ 27 އަހަރުގެ އެލީނާ ބުނި ގޮތުގައި ރަޝިޔާ އާއި ޔުކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ މުބާރާތުގައި ވާދަކުރާ ރަޝިއާ އާއި ބެލަރޫސްގެ ކުޅުންތެރިންނާ ދެކޮޅަށް ނުކުޅެން ވެސް އެލީނާ ވަނީ ނިންމާފައެވެ.

މިހަނގުރާމައިގައި ޔުކްރެއިންއަށް ތާއީދުކުރުމުގެ ގޮތުން ދުނިޔޭގެ ގިނަ ޤައުމުތަކުންދަނީ ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން މި މުބާރާތުގައި ރަޝިޔާއިން ބައިވެރިނުވެވޭ ގޮތަށް ހެދުމުން ރަޝިޔާގެ ކުޅުންތެރިން މިމުބާރާތުގައި ކުޅެނީ މިނިވަން ކުޅުންތެރިންގެ ގޮތުގައެވެ. ރަޝިޔޔާ ރަމްޒުކޮށްދޭ ކުޅުންތެރިންގެ ގޮތުގައެއް ނޫނެވެ.

ރަޝިޔާ އަދި ބެލަރޫސްއަށް ނިސްބަތްވާ ކުޅުންތެރިންނާއި އެކު ނުކުޅެން އެލީނާ ނިންމި ކަމުގައިވިޔަސް މިދިޔަ އަންގާރަ ދުވަހު އެލީނާ ވަނީ ރަޝިއާގެ ކުޅުންތެރިއަކާ ދެކޮޅަށް ކުޅެ، މެޗު ކާމިޔާބުކޮށްފައެވެ.

އެލީނާ އަކީ 2020 ވަނަ އަހަރު “މޮންޓެރީ އޯޕެން” ޗެމްޕިއަން ވެސް މެއެވެ. އެ މުބާރާތުގެ ދެ ވަނަ ބުރުގައި އޭނާ ދެން އެންމެ އަވަހަށް ވާދަކުރާނީ ބަލްގޭރިއާގެ ކުޅުންތެރިޔަކާއެވެ. އެ މުބާރާތުގެ އެއް ވަނަ އަށް ދާ ކުޅުންތެރިއަކަށް 31،000 ޑޮލަރު ލިބިގެންދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!