މީހުން
“ޝާކް ޓޭންކް” ޖަޖުންގެ ހުށަހެޅުމަށް، އަމިއްލައަށް ޤަބޫލުކުރާ ގޮތް ބަދަލުނުކުރި ދަނޑުވެރިޔަކަށް، އެހެން އިންވެސްޓަރަކު އެހީވަނީ

މަޑުމޮޅި ދަނޑުވެރިޔަކު، މުޅި އެމެރިކާގެ އެތަށް ހާސް ދަނޑުވެރިންނަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށް އިސްކުރަންޖެހޭނެ ކަންކަން ވިސްނުވައިދީ، މުހިންމު މެސެޖެއް ދީފިއެވެ.

ޝާރކް ޓޭންކް އަދި އޭގެ ބްރިޓިޝް ޕާޓްނަރ ޑްރެގަންސް ޑެން ރިއަލިޓީ ޝޯވް އަކީ ގިނައަދަދެއްގެ މީހުން ބަލާ، މަޤްބޫލު ޝޯވް އެކެވެ. މިޝޯވް މެދުވެރިކޮށް، އަމިއްލަ މަސައްކަތްތެރިންނަށް، އެމީހުންގެ ވިޔަފާރީގެ އަމިއްލަ ވިސްނުން، ނުވަތަ ޚާއްސަ އެއްޗެއް ވިއްކުމަށް ވިސްނާފައިވާ ގޮތުގެ ޕްލޭނެއް އެމެރިކާގެ މަޝްހޫރު ވިޔަފާރި ވެރިން ޖަޖުންގެ ގޮތުގައި ތިބޭ، ޝާކްޓޭންކްގެ ޖަޖުންގެ ޕެނަލަށް ހުށަހަޅައި، އެއީ ފައިދާހުރި، ކާމިޔާބު ވިޔަފާރިއެއް ނުވަތަ، ބިޒްނަސް ކޮންސެޕްޓެއް ނުވަތަ ބްރޭންޑެއްކަން، ހުށަހެޅުމުން، ވިސްނުވައި ދެވިއްޖެ ނަމަ، އެވިޔަފާރީގެ ހުށަހެޅުމަށް އެއްބަސްވާ އުޞޫލަކުން، ޕެނަލުގައި ހިމެނޭ ވިޔަފާރި ވެރިން ފަންޑުކޮށްދެއެވެ. މިއީ ވިޔަފާރީގެ ދާއިރާއިން، ވިސްނުމާއި ޤާބިލްކަން ހުރެ، ވިޔަފާރި ފެއްޓުމަށް ބޭނުންވާ ފައިސާ ނުލިބޭ ފަރާތްތަކަށް، ވިޔަފާރީގައި ކުރިޔަށް ދިޔުމަށް ފުރުޞަތު ދިނުމުގެ ގޮތުން ކުރިޔަށް ގެންދެވޭ، ރިއަލިޓީ ޝޯވް އެކެވެ.

ފޮޓޯ: އިންސްޕަޔަރ މޯ

އިންވެސްޓަރުން ބޭނުންވާ ފަރާތްތަކާއި، އަމިއްލަ ވިޔަފާރިއެއް، ތަފާތު މޮޅު ވިޔަފާރީގެ ވިސްނުމެއް ބޭނުންކޮށްގެން ވިޔަފާރި ފައްޓަން ބޭނުންވާ ފަރާތްތަކަށް، ރަނުގެ ފުރުޞަތަކަށް، “ޝާކް ޓޭންކް” ރިއަލިޓީ ޝޯވް ވެފައި ވެއެވެ. މިގޮތުން ޝޯވްގައި ބައިވެރިވާ ފަރާތްތަކުގެ ހުށަހެޅުމަށް ޖަޖުން ފަންޑުކޮށްދެނީ ތަފާތު ކަންކަން ބެލުމަށްފަހު އެވެ. އެންމެ ޚާއްސަކަމެއްގެ ގޮތުން، އިންވެސްޓްކުރާ ފަރާތް، އެއްބަސްވާ މުއްދަތެއްގައި، އެއްބަސްވެވޭ އުޞޫލަކުން، އެއްބަސްވާ އަދަދެއް ދައްކައި، މުޅި އިންވެސްޓްމަންޓަށް ވިޔަފާރި ފެއްޓުމަށް ދޫކުރާ ފަންޑު އަބުރާ ދައްކަންޖެހެއެވެ.

ޝާކް ޓޭންކް މިޝޯވްގެ އެއް އެޕިސޯޑެއްގައި، ފްލޮރިޑާއަށް އުފަން، މަޑުމޮޅި ދަނޑުވެރިއެއް ކަމުގައިވާ ޖޯނީ ޖޯޖެސް، ވަރަށް ތަފާތު ވިޔަފާރީގެ ހުށަހެޅުމެއް އޭނާވަނީ ހުށަހަޅާފައެވެ. މިހުށަހެޅުން ވެފައި ވަނީ، އެމެރިކާގެ ދަނޑުވެރިންނާއި، ދުނިޔޭގެ ދަނޑުވެރިކަން ކުރާ  އެތަށް ހާސް ދަނޑުވެރިންނެއްގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެސްދޭނެ ވިސްނުމަކަށެވެ.

ޖޯޖެސްގެ ބިޒްނަސް ޕްލޭންގައިވާގޮތުން، އޭނާ ހުށަހެޅީ އޭނާ އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވާ “ޓްރީ ޓީ-ޕީ” އަށް 150،000 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އިންވެސްޓް ކޮށްދިނުމަށެވެ. އޭނާ ހުށަހެޅީ ގަހަށް ފެންދިނުމަށް ޚާއްސަކޮށްގެން ތައްޔާރުކުރެވުނު ތަފާތު އިޖާދީ ފެންދޭ ސިސްޓަމުގެ ޒަރީއާއިން، އެތަކެއް ހާސް ލީޓަރެއްގެ ފެން އަހަރެއްގެ މައްޗަށް ދަނޑުވެރިންނަށް ސަލާމަތް ކުރެވިދާނެއެވެ.

ޖޯޖެސް ހުށަހެޅި ހުށަހެޅުން ޝާކްޓޭންކްގެ ޖަޖުންނަށް ކަމުގޮސްފައިވާއިރު، އެމީހުން ހަމައެކަނި ފާހަގަކުރި މައްސަލަޔަކީ، އެންމެ އައިޓަމެއް ތައްޔާރުކުރުމަށް 2.95 ޑޮލަރު ޚަރަދުވާއިރު، އެއައިޓަމް ވިއްކުމަށް ހުށަހަޅާފައިވާ އަގަކީ 4.50 ޑޮލަރެވެ. މިއީ މާރަނގަޅު ނިންމުމެއް ނޫންކަން ޝާކްޓޭންކްގެ ޖަޖުންނަށް ޤަބޫލުކުރެވި، ވިއްކާ އަގު 12 ޑޮލަރަށް ބަދަލުކުރުމަށް ޖަޖުން ހުށަހެޅިއެވެ. އަދި ވިއްކާ އަގު ބަދަލުކޮށްފިނަމަ، އިންވެސްޓްކުރުމަށް ޖަޖުން ތައްޔާރުކަމުގައި ބުނެފައިވެއެވެ.

ފޮޓޯ: އިންސްޕަޔަރ މޯ

ނަމަވެސް ޖަޖުންގެ މިހުށަހެޅުމާއި ދެކޮޅު ހަދައި، ޖޯޖެސް ބުނެފައިވަނީ، އިންވެސްޓް ނުކުރިޔަސް އެއަގަށް ބަދަލު ނުގެނެވޭނެ ކަމަށެވެ. ސަބަބަކަށް އޭނާ ބުނެފައި ވަނީ، އޭނާއަކީވެސް ދަނޑުވެރިޔަކަށް ވެފައި، ދަނޑުވެރިންނަކީ، މާބޮޑު މާލީ ތަނަވަސްކަމެއް ލިބިފައި ނުވާ ބައެއްކަމުން، އެއަގަށް ނުގަނެވޭނެކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް، ޖަޖުން އެގޮތަށް އެއްބަސް ނުވުމުން، ލިބުނު ހިތްދަތިކަމުން، ޖޯޖެސްގެ ލޮލުން ކަރުނަ އޮހިގެން ދާ މަންޒަރު ފެނެއެވެ. އަދި ޖޯޖެސް މިގޮތަށް އެމީހުންގެ ހުށަހެޅުން ޤަބޫލު ނުކުރުމުން، ހިތްހަމަ ނުޖެހިގެން އެއް ޖަޖު ވަގުތުން، ބޭރަށް ނުކުމެއެވެ. އަދި ވިއްކާ އަގަށް ބަދަލު ގެންނަން ބޭނުން ނުވުމުން، ޖޯޖެސްއަށް ޖެހުނީ، ޝޯވް ދޫކޮށް ހުސްއަތާ ނުކުންނާށެވެ.

ޝާކްޓޭންކްގެ ބޮޑެތި މުއްސަނދި ވިޔަފާރިވެރި ޖަޖުން، ޖޯޖެސްގެ ހުށަހެޅުން ހުށަހެޅި އަގަށް އެއްބަސް ނުވި ނަމަވެސް، އެހެން އިންވެސްޓަރަކު، ޖޯޖެސްގެ ބިޒްނަސް މޮޑެލް ހަމަ އެއަގަށް އިންވެސްޓްކުރުމަށް ނިންމިއެވެ. އިންވެސްޓަރު ބުނެފައިވާ ގޮތުން މި ޕްރޮޕޯސަލްއަށް އިންވެސްޓްކުރީ، އެއްވެސް ގޮތަކަށް، އެޕްރޮޕޯސަލްގެ މޮޅުކަމަކުން ނޫނެވެ. ނަމަވެސް އެނާ މި ޕްރޮޕޯސަލްއަށް އިންވެސްޓްކުރީ މަޑުމޮޅި ދަނޑުވެރިޔާގެ، ވިސްނުންތެރިކަމާއި، އޭނަފަދަ އެހެން ދަނޑުވެރިންނާއި މެދު އޭނާ ވިސްނާ ވިސްނުމުގެ ސަބަބުންނެވެ.

ޖޯޖެސްއަށް، އަމިއްލަ ވިޔަފާރިއެއް ކާމިޔާބުކުރުމަށް، އޭނާ ޤަބޫލުކުރާ ޤަބޫލުކުރަން އެމެރިކާގެ ބޮޑެތި ވިޔަފާރި ވެރިންގެ ކުރިމަތީގައި، ފައިސާއަށް ބަދަލުކޮށް، ކުޑަ ކަކޫ ޖެހުމުގެ ބަދަލުގައި، ނިކަމެތި ދަނޑުވެރިންގެ ހާލަތު ވިސްނުމުގެ ނަތީއްޖާ ލިބިގެން ގޮސްފައިވަނީ ހީވެސްނުކުރާހާ ފޮނިކޮށެވެ. ޖޯޖެސްގެ މިނިންމުމަށް އެތަކެއް ބަޔަކު މަރުހަބާ ކިޔާފައިވާއިރު، ފައިސާއަށް އަމިއްލަ ޒަމީރު ނުވިއްކުމުން ދަނޑުވެރިންގެ މެދުގައި، ޖޯޖެސްގެ މަޤުބޫލުކަން އިތުރުވެ، ގިނަ ބައެއްގެ ހެޔޮދުޢާ އަދި އެހީތެރިކަން، އޭނާގެ ވިޔަފާރިއަށް އަންނަނީ އޮހެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!