ޚަބަރު
ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މިނިވަން އޮޑިޓްގެ ދައުރު ފުޅާކުރަން ޖެހޭ – ސައުދުﷲ

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އެކުންފުނިތަކުގެ މިނިވަން އޮޑިޓް ގެ ދައުރު ފުޅާ ކުރަން ޖެހޭ ކަމަށް، ރީޖަނަލް އެއަރޕޯޓްސްގެ، ސައުތު ރީޖަނަލް ޑައިރެކްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ސައުދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ އެސްއޯއީ ހިންގުން ހަރުދަނާ ކުރުމަށް ކުންފުނިތަކުގެ އެތެރޭގެ އޮޑިޓްތައް މިނިވަން ކަމާއެކު ކުރެވޭނެ ދައުރު ފުޅާ ކުރަން ޖެހޭ ކަމަށާއި، ރައީސް ސޯލިހުގެ ސިޔާސަތުތައް ފުރިހަމަ އަށް ތަންފީޒު ކުރެވޭނީ މިމަސައްކަތް ރަގަޅަށް ކުރެވިގެން ކަމަށެވެ.

ސައުދުﷲ އިތުރަށް ވިދާޅުވީ، އެސްއޯއީގެ ބަލަދުވެރި ފަރާތުން މިކަމަށް ސަމާލުކަން ދޭންޖެހޭ ކަމަށާއި، ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމަށް ހަރުދަނާ ސިޔާސަތުތަކެއްގެ ދަށުން ކުންފުނިތައް ހިނގާގޮތް ބަލަން ޖެހޭ ކަމަށެވެ.

ސައުދުﷲ މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުގެ ކުންފުނިތަކުން ކޮރަޕްޝަން އަށް މަގުފައިވާނެ ފަދަ އަމަލުތައް ހިންގަމުންދާ ކަމުގެ ވާހަކަތައް އަބަދުވެސް ދެކެވެއެވެ. އަދި އެމައްސަލަތައް ބެލުމުގައި މިނިވަން މުވައްސަސާތައް ނުކުޅެދިފައިވާ ވާހަކަ އަކީވެސް ގިނަ ބަޔަކު ދައްކަމުންދާ ވާހަކައެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!