ވިޔަފާރި
އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަކޮށްގެން ސްޓެލްކޯއިން ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމާލައިފި

ސްޓެލްކޯއިން އިންޖީނުގެތަކުގެ މެނޭޖަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ “ޕަވަރ ހައުސް މެނޭޖާރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2022” ނިންމާލައިފިއެވެ.

މި ޕްރޮގްރާމުގެ ނިމުން ފާހަގަކުރުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ.

މި ޕްރޮގްރާމަކީ ސްޓެލްކޯއިން ހިދުމަތްދޭ 30 ރަށެއްގެ މެނޭޖަރުންނަށް އަމާޒުކޮށްގެން ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި މެނޭޖަރުންގެ ލީޑަރޝިޕް ސްކިލްސްތަކާއި، މުވައްޒަފުން ބިނާކޮށް، މުވައްޒަފުންގެ ފަރާތުން އެންމެ ރަނގަޅު ހިދުމަތް ކުންފުންޏަށާއި، ރައްޔިތުންނަށް ލިބިގެންދާނެ ގޮތްތައް ދަސްކޮށްދީފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ކުންފުނީގެ އެކި އެކި ދާއިރާތަކުގެ މަސައްކަތްތަކަށް އަހުލުވެރިވުމަށް ފުރުސަތުދީ، ހުރިހާ އިންޖީނުގެއެއްގެ މަސައްކަތްވެސް އެއް މިންގަނޑަކުން ކުރުމަށް ބާރު އަޅާފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ސްޓެލްކޯއިން ވިދާޅުވީ، ޕަވަރ ހައުސް މެނޭޖާރސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ސަބަބުން އެކުންފުނީގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދެވިގެންދާނެކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!