ޚަބަރު
ފްލޯޓިންގ ސިޓީއިން ކުލި ނަގާ ގޮތަށް ހަމަޖައްސައިފި

އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއްގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ފްލޯޓިންގ ސިޓީއިން ކުލި ނަގާ ގޮތަށް ހަމަޖައްސައިފިއެވެ.

“މޯލްޑިވްސް ފްލޯޓިން ސިޓީ” އިން ކުލި ނެގޭނެ އުސޫލުގައިވާ ގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުތަކުގައި އިމާރާތް ކުރުމުގެ ބޭނުމަށް މޫދުގެ ލޮނުގަނޑުގެ މަތީގައި އުފުލޭގޮތަށް ތައްޔާރުކުރާ ރަށްރަށުގެ ޕްލެޓްފޯމްތަކުގެ ސަރަހައްދު ހިމެނޭނީ، ފަޅުގެ ލޭންޑް އޭރިއާގެ ގޮތުގައެވެ. އެ އޭރިއާ ހިސާބުކުރާނީ، އެ ފަދަ ރަށްތަކާއި ޕްލެޓްފޯމްތައް ކަނޑުގެ ލޮނުގަނޑުގައި ބީހޭ ހިސާބުގެ މައްޗަށް ބިނާކޮށް ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.

މިއީ ރާއްޖޭގައި މުޅިން އަލަށް ތަރައްޤީކުރާ ފްލޯޓިންގ ސިޓީއެކެވެ. މިސިޓީ ނިމޭއިރު ރިސޯޓުތަކާއި ސިޓީ ހޮޓާތަކާއި، ސްކޫލްތައް، ބޮޑެތި ފިހާރަތަކުގެ އިތުރުން ކައުންސިލް އިދާރާއަކާއި ހޮސްޕިޓަލެއް އެތަނުގައި ޤާއިމުކުރެވިގެންދާނެއެވެ.

ހަމައެއާއެކު ރާއްޖޭގައި ގިނަ ވަޒީފާތަކެއް އުފެދިގެންދާނެއެވެ. މިއީ 1.6 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢުއެކެވެ. 3 އަހަރުގެ ތެރޭގައި މިމަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް މިމަޝްރޫޢުގެ ރާއްޖޭގެ ކޮންސަލްޓަންޓް ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ފްލޯޓިން ސިޓީއެއް ތަރައްޤީ ކުރުމަށް އެންމެ ފުރަމަތަ އެއްބަސްވުމަކަށް އައިސްފައިވަނީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އޭރު ޑަޗް ޑޮކްލޭންޑް ކުންފުންޏާއި މަސައްކަތް ހަވާލުކުރުމަށްފަހު، ކުރިއަށް ނުގޮސް އޮވެ، މިއެއްބަސްވުމުގައި ދެވަނަ ފަހަރަށް ސޮއި ކުރީ 2019 ވަނަ އަހަރު މޭއި މަހުގެ ތެރޭގައެވެ. މިމަޝްރޫއު ހިންގުމަށް ދެވަނަ ފަހަރަށް ވެސް ހަވާލުކުރި ޑަޗް ޑޮކްލޭންޑް ކުންފުންޏާއިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!