ޚަބަރު
ރަޝިޔާގެ ސިފައިންގެ މީހަކު ހައްޔަރުކޮށް ޔޫކްރެއިންގެ މީހުން އޭނާއަށް ކާންދީ މަންމައަށް ގުޅައިދިނުމުން ސިފައިންގެ މީހާއަށް ގިސްލާ ރޮވިއްޖެ

ރަޝިޔާއިން މިހާރު ޔޫކްރެއިން އަށް އަރައި ދެމުންދާ ހަމަލާތަކުގައި ބައިވެރިވާ ސިފައިންގެ މީހަކު ހައްޔަރު ކުރުމަށްފަހު ޔޫކްރެއިންގެ އަންހެނުންތަކެއް އެމީހާއަށް ކާން ދިނުމުން ދިނުމުން ރަޝިޔާގެ ސިފައިންގެ މީހާ އަށް ރޮވިއްޖެއެވެ.

މީސްމީޑީއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގއި ޔޫކްރެއިންގެ ބަޔަކު ރަޝިޔާ ސިފައިންގެ މީހާ ހައްޔަރު ކުރުމަށް ފަހު އޭނާއަށް ސައިތައްޓެއް ދިނުމުގެ އިތުރުން ވަނީ ކާންވެސް ދީފައެވެ. އެވީޑީއޯއިން ފެންނަ ގޮތުގައި ޔޫކްރެއިންގެ މީހުން ރަޝިޔާގެ ސިފައިންގެ މީހާ ދިން ކާއެއްޗެހި ކަމުންދިޔައިރު އޭނާ ދިޔައީ ހުއްޓުމެއް ނެތި ރޮމުންނެވެ.

އަދި ޔޫކްރެއިންގެ މީހުން ވަނީ، އެސިފައިންގެ މީހާގެ މަންމައަށް ގުޅައި، އޭނާއަށް މަންމަ އާއި ވާހަަކަ ދެއްކުމުގެ ފުރުސަތުވެސް ހޯދައިދީފައެވެ.

މިވީޑިއޯ ނަގައި ބަޔަކު މީސްމީޑިއާގައި ހިއްސާކުރުމުން، އެވީޑިއޯ ވަނީ ޔޫކްރެއިންގެ އިތުރުން ރަޝިޔާގައިވެސް ވައިރަލްވެފައެވެ. ޔޫކްރެއިންގެ އަންހެނުންތަކެއް ރަޝިޔާގެ ސިފައިންގެ މީހާއާ ދޭތެރޭ ބެހެއްޓި އޯގާތެރިކަމަށް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފައެވެ. އޭގެ ތެރޭގައި ރަޝިޔާގެ ގިނަ އަދަދެއްގެ އާންމުންވެސް ހިމެނެއެވެ.

މީގެ ކުރިންވެސް ޔޫކްރެއިންގެ އާންމު ރައްޔިތުން ވަނީ ހަނގުރާމައިގައި ހައްޔަރުކުރެވޭ ނުވަތަ ޔޫކްރެއިން އަށް އަރައިގެން އުޅޭ ރަޝިޔާ ސިފައިން އަމާން ދިނުމުން އެމީހުންނަށް ވަރަށް ހިތްހެޔޮކަމާއި އޯގާތެރިކަން ދައްކުވައި ޔޫކްރެއިން އިން މިހާރު ހިގަމުންދާ ހަނގުރާމަ ބޭނުން ނުވާ ކަމަށް ދައްކައިފައެވެ.

މިވީޑީއޯ ފެނުމުން ޔޫކްރެއިންގެ ދިފާއީ ވުޒާރާއިން، ރަޝިޔާގެ ސިފައިން ހޯދުމަށް އެމީހުންގެ މައިންބަފައިން އައުމުން ދޫކޮށްލާނެ ކަމަށް ބުނެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި އެވުޒާރާއިން ވަނީ، ހަނގުރާމައިގައި ޔޫކްރެއިންގައި ހައްޔަރުކުރެވޭ އަދި މަރުވާ ރަޝިޔާ ސިފައިންގެ ހަބަރު ބެލުމަށް ބޭނުންވާ ރަޝިޔާގެ އާއިލާތަކަށް އެފުރުސަތު ހުޅުވާލުމުގެ ގޮތުން އެވުޒާރާއަށް ގުޅޭނެ ނަންބަރުގެ އިތުރުން އީމެއިލް އެޑްރެސް ހިއްސާކޮށްފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!