ޚަބަރު
ކައުންސިލްތަކުން ކުންފުނިތައް އުފެއްދުމަށް މިސަރުކާރުން ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން – ނަރީޝް

ޤާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތަކުގެ ތެރެއިން ކައުންސިލުން އުފައްދަން ބާރުލިބޭ ކުންފުނިތައް ހެދުމަށް ދޭންޖެހޭ ހުއްދަ ނުދީ ހިފެހެއްޓުމަކީ ކައުންސިލްތަކަށް އާމްދަނީ ލިބުމަށް ހުރަސް އެޅުން ކަމުގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތަކުގެ ތެރެއިން ކައުންސިލް އުފެއްދުމަށް ބާރުލިބޭ ކުންފުނިތައް ހެދުމަށް ދޭންޖެހޭ ހުއްދަ އިކޮނޮމިކް މިނިސްޓަރ އިސްވެ ހުންނަވައި އެމިނިސްޓްރީއިން ނުދީ ހިފަހައްޓައިގެން، ކައުންސިލްތަކަށް ލިބެން އޮތް އާމްދަނީ އަށް ހުރަސްއަޅަމުން ދިއުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ނަރީޝް ވިދާޅުވީ، ލާމަރުކަޒީ ގާނޫނުން ލިބޭ ގާނޫނުގެ ދަށުން ކުންފުނިތައް ހަދަން، އެންމެ ގަދައަށް ވަކާލާތުކޮށް ކުންފުނިތަކުން ރަށްރަށުގައި ތަރައްގީގެ ޕްރޮޖެކްޓްތަކާއި ވިޔަފާރި ހިންގައި ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް ވަކާލާތު ކުރީ އިންތިޚާބުގެ ތެރޭގައި މި ސަރުކާރުން ކަމަށެވެ.

އެހެން ނަމަވެސް އިންތިޚާބު ނިމި، މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމްއަށް ލިބުމުން، ކުންފުނިތައް ހެދުން އެހެން ހުރިހާ ކައުންސިލަކަށްވެސް މަހްރޫމްކޮށް، ކައުންސިލްތަކަށް ލިބެންޖެހޭ ބާރުތައް ހަނިކޮށް، ކުންފުނިތަކުން މިއަދު ކައުންސިލަށް ލިބެންޖެހޭ އާމްދަނީއަށް ހުރަސްއަޅައި ކައުންސިލްތަކުން ރަށްރަށޫގައި ހިންގުމަށް ނިންމާފައިވާ ޕްރޮޖެކްޓްތައް ހިންގާނެ ގޮތެއް ނެތިފައި ތިބެން ޖެހުމުން ކައުންސިލްތަކުން އެކަމުގެ ކަންބޮޑުވުން ހާމަކުރަމުން ގެންދާ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

ސަރުކާރުންދެނީ ބްލޮކް ގްރާންޓްގެ ގޮތުގައި ފިކްޑް ރޭޓެއް. އެއީ ރިކަރަންޓު ހަރަދާއި އެހެނިހެން ހަރަދުތައް ހިމެނޭ ގޮތައް. އެހަރަދުތަކުގެ ތެރެއިން  ޕީއެސްއައިޕީގެ އެއްވެސް ޕްރޮޖެކްޓެއް ހިންގޭކަށް ނެތް. މަރާމާތެއް ހިންގޭކަށް ނެތް. އެހެންކަމުން ކުންފުންޏެއް ހަދައިގެން ކައުންސިލްތަކަށް އާމްދަނީ ހޯދައިގެން ނޫން ގޮތަކަށް އެކަމެއް ނުވާނެ – ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ،ބޭރުގެ އިންވެސްޓަރުންނާއި ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ކައުންސިލްތަކަށް ފައިސާ ހޯދަން އޮތީވެސް ކުންފުނިތައް މެދުވެރިކޮށްގެން ކަމަށްވުމުން، ކުންފުނިތަކަކީ ކައުންސިލްތަކަށް ވަރަށް މުހިންމު ވެފައިވާ އެއްޗެއް ކަމަށެވެ. މިކުންފުނިތައް ހެދޭނެ އެއްވެސް ގޮތެއް މިސަރުކާރުން ހާއްސަކޮށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްވެ ހުންނަވައި މިކުންފުނިތައް ހުއްޓުވުމަކީ އެއްވެސް ކައުންސިލަކުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!