ފޭސްބުކް މެދުވެރިކޮށް ރާއްޖޭގައި ނަސާރާ ދީން ފެތުރުމަށް ބަޔަކު މަސައްކަތް ކުރަމުން އެބަދެއެވެ.
ކިތާބުލް މުގައްދަސް ދިވެހި” ނަމުގައި ފޭސްބުކް ޕޭޖެއް ހަދައިގެން “ބައިބަލް”ގެ ދިވެހި ތަރުޖަމާ މައިގަނޑު ގޮތެއްގައި މި ޕޭޖުގައި ޕޯސްޓު ކުރެއެވެ. މި ޕޭޖުގެ ހަގީގަތް ނޭގި ގިނަ ދިވެހިންތަކެއް މި ޕޭޖަށް ފޮލޯ ކޮށްފައިވާ އިރު، މި ޕޭޖުގެ ޕޯސްޓުތައް ގިނަ އަދަދެއްގެ ބަޔަކު ޝެއާރ ކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.
ދިވެހި ޒުވާނުންތަކެއް އިސްވެ މި ޕޭޖާއި ދެކޮޅަށް ޕޭޖް އަންލައިކް ކުރުމަށާއި ޕޯސްޓްތައް ޝެއާރ ނުކުރުމަށް އަދި ފޮލޯކުރެވިފައި ވާ ނަމަ އަންފޮލޯ ކުރުމަށް ފަހު ޕޭޖް ބްލޮކް ކުރުމަށް ގޮވާލާ މީޑިއާ ކެމްޕޭނެއް ވެސް މިހާރު ވަނީ ފަށާފައެވެ.
މި ޕޭޖާއި ބެހޭ މައުލޫމާތު ވީހާވެސް ގިނަ ބަޔަކާއި ހިއްސާކޮށް މީހުން ހޭލުންތެރި ކޮށްދިނުމަށް މި މީޑިއާ ކެމްޕެއިންގެ ތެރެއިން ވަނީ ގޮވާލާފައެވެ.