ދީން
މުޖުތަމަޢުގައި ޝިރުކުގެ ބައެއް ޢަމަލުތައް ސިއްރާއި ފާޅުގައި އަންނަނީ ފެތުރެމުން- ޚުޠުބާ

މުޖުތަމަޢުގައި ޝިރުކުގެ ބައެއް ޢަމަލުތައް ސިއްރާއި ފާޅުގައި ފެތުރެމުން އަންނަ ކަމުގައި ޚުޠުބާގައި ބުނެފައިވެއެވެ.

މީސްތަކުންނަށް ލޯބިކުރުމާއި ބޯލެނބުމާއި، ނަދުރުބުނުމާއި، ގުރުބާންކުރުން ފަދަ ﷲ سُبْحَانَهُ وَتَعَالَى އަށް ޚާއްޞަވެގެންވާ ކަންތައްތަކުގައި މަޚުލޫޤުންނާއި އެއްވަރު ކުރެވިއްޖަނަމަ އެއީ ޝިރުކުގެ ތެރެއަށް ވަދެވިދާނެކަމެއް ކަމުގައި ޚުޠުބާގައި އިންޒާރުދެއްވާފައި ވެއެވެ.

މިއަދަކީ ޝައުބާން މަހުގެ 1 ވީ ހުކުރު ދުވަހެވެ. މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ލަފާކުރެވޭގޮތުން، އެޕްރީލް މަހުގެ 2 ވާ ހޮނިހިރު ދުވަހެވެ. ބައެއް މީހުން ޝަޢުބާން މަހުގެ 15 ވިލެރޭ ހަފްލާތައް ބާއްވައި، ޖަމާޢަތް ހަދައިގެން އެ ރޭ ޚާއްޞަކޮށް ނަމާދުކޮށް ހަދާ ކަމަށާއި، ނަމަވެސް އެއީ ރަސޫލާގެ ސުންނަތުން ސާބިތުވާކަމެއް ނޫން ކަމުގައި ޚުޠުބާގައި ބުނެފައިވެއެވެ. އަދި ޝައުބާން މަހުގެ 15 ވިލޭރޭ ހަލްފާތައް ބާއްވައި، އެ ރޭ ޙާއްޞަކޮށް ޖަމާޢަތް ހަދައިގެން ނަމާދުކުރުމަކީ ބިދުޢައެއްކަމަށް އަދުގެ ހުކުރު ޚުޠުބާގައި ފާހަގަކޮށްފައި ވެއެވެ.

“މިއިން އެއްވެސް ކަމަކީ ރަސޫލު ﷲ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ސާބިތުވާ ކަމެއް ނޫން. އަދި އަޞްޙާބު ބޭކަލުންނާއި އެބޭކަލުންގެ ފަހުން ވަޑައިގެންނެވި ތާބިޢީ ބޭކަލުންވެސް ކުރައްވާފައިވާ ކަމެއް ނޫން. މިއީ ބޮޑުވެގެންވާ ބިދުޢައެއް.” ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

ކޮންމެ ބިދުޢައަކީ މަގުފުރެދުމެއް ކަމަށާއި، ކޮންމެ މަގުފުރެދުމެއް ވަނީ ނަރަކައިގައި ކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!