ޚަބަރު
ޔޫކްރެއިންގައި ތިބި އިންޑިއާ ދަރިވަރުން ހާލުގައި ޖެހި އިންޑިއާ ސަރުކާރުގެ އެހީއަށް އެދި އާދޭސްކުރަނީ

ރަޝިޔާއިން މިހާރު ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން އެގައުމުގައި ތާށިވެފައިތިބި އިންޑިއާގެ ދަރިވަރުން ހާލުގައި ޖެހި، އިންޑިއާ ސަރުކާރުގެ އެހީއަށް އެދި އާދޭސް ކުރަން ފަށައިފިއެވެ.

މީސްމީޑިއާގައި އިންޑީއާ ދަރިވަރުންތަކެއް ވަނީ އެކުދިން ހާލުގައި ޖެހިފައިތިބި ކަމަށް ބުނެ ވީއެންމެ އަވަހަކަށް ޔޫކްރެއިން އިން އިންޑިއާއަށް ދެވޭނެ ގޮތެއް ހައްދަވައިދެއްވުމަށް އެދި، އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކިބައިން އާދޭސްކޮށްފައެވެ.

އިންޑިއާގެ ގިނަ އަދަދެއްގެ ދަރިވަރުން ފެންނަ އެ ވީޑިއޯގައި ވާހަކަ ދައްކާ ދަރިވަރު ބުނި ގޮތުގައި، އެތަނުގައި ނުކައި ނުބޮއި ތިބުމުގެ ސަބަބުން އެމީހުން މަރުވެދާނެ ކަމަށާއި، ވީއެންމެ އަވަހަކަށް އިންޑިއާ ސަރުކާރުން އެމީހުން ރައްކާތެރި ސަރަހައްދަކަށް ބަދަލު ކުރުމަށް ވަނީ އެދިފައެވެ.

މިތަނުގައި އަދި މިތަނުން ބޭރުގައިވެސް ގިނަ އަދަދެއްގެ ދަރިވަރުން އެބަތިބި. އިންޑިއާ ސަރުކާރުން އަހަރުމްނެނަށް އެހީތެރިވެދީ. އެހެން ނޫނީ މިތާނގަ ތިބެ އަހަރުމެން މަރުވެދާނެ. ކާނެ އެއްޗެއް ވެސް ބޯނެ ފެނެއްވެސް ނެތް. – އެވީޑިއޯއިން ވާހަކަ ދެއްކި ދަރިވަރު ބުނެފައިވެއެވެ.

ވީޑިއޯގައި ވާހަކަ ދެއްކި ދަރިވަރު އިތުރަށް ބުނީ، ފެން ނުބޮއި ނުކައި އުޅޭތާ ދެދުވަސް ވެއްޖެ ކަމަށާއި، އެމީހުންނަށް ސަރުކާރުގެ އެހީތެރިކަން ވީއެންމެ އަވަހަކަށް ބޭނުންވާ ކަމަށެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެގައުމު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ދަތުރު ކޮށްފައެވެ. އެހެނިހެން ގައުމުތަކުންވެސް ރަޝިޔާގައި ތިބި އެގައުމުތަކުގެ ރައްޔިތުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!