ޚަބަރު
ރަޝިޔާއިން ކުރަމުންދާ ހަނގުރާމައަށް ނޫނެކޭ ބުނެ އެޤައުމުގެ މީޑިޔާއެއްގެ ހުރިހާ މުވައްޒަފުން އިސްތިއުފާ ދީފި

ރަޝިއާ އިން ޔުކްރެއިންއަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ޚަބަރުތައް ގެނެސްދޭ ރަޝިޔާގެ ޓީވީ ޗެނަލެއްގެ ހުރިހާ މުވައްޒަފުން އޮންއެއަރ ގައި އިސްތިއުފާ ދީފިއެވެ.

ރަޝިޔާގެ ޓީވީ ޗެނަލެއް ކަމަށްވާ ” ޓީވީ ރައިން” އިން ހަނގުރާމައިގެ ޚަބަރުތައް ކަވަރ ކުރަމުންދާއިރު ޔުކްރެއިނަށް ބުރަވާ ގޮތަށް ޚަބަރުތައް ގެނެސްދޭ ކަމަށް ބުނެ ރަޝިޔާ ސަރުކާރުން ވަނީ މުއްދަތެއް ނެތް ގޮތަށް އެ ޗެނަލް ސަސްޕެންޑްކޮށްފައެވެ.

އެހެންކަމުން އެޗެނަލުން އެންމެ ފަހުން ދެއްކި ޓެލެކާސްޓުގައި އެޗެނަލުގެ ހުރިހާ މުވައްޒަފުންވަނީ ސްޓޯޑިއޯގައި ތިއްބަވައިގެން ލައިވްއަކަށް އަރާފައެވެ. ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެފަރާތްތަކުން ހާމަކޮށްފައިވާ ގޮތުން ހުރިހާ މުވައްޒަފުންވެސް ހަނގުރާމައާ ދެކޮޅެވެ. އަދި އެވަގުތު އެންމެން ވަނީ ލައިވްގައި ތިބެ އިސްތިއުފާ ދީފައެވެ. އިސްތިއުފާ ދިނުމަށްފަހު މުވައްޒަފުން ސްޓޫޑިއޯ ދޫކޮށް ދިޔަތަން ވަނީ އެޗެނަލުން ދައްކާފައެވެ.

އޭގެ ފަހުން އެ ޗެނަލުން ދެއްކީ “ސްވޯން ލޭކް”ވީޑިއޯއެވެ. މިއީ ރަޝިއާގައި ކިޔައިއުޅޭ ތާރީޚީ ވާހަކައަކާ ގުޅޭ ގޮތުން އެ ގައުމުގެ މިޔުޒިކް ހަދާ މީހެއް މީގެ 140އަހަރަށް ވުރެ ކުދީން ހަދައިފައިވާ އެ ގައުމުގައި މަޝްހޫރު ރާގެކެވެ. 1991ގައި ސޯވިއޭޓް ޔޫނިއަން ރޫޅުމުން ރަޝިއާގެ ގައުމީ ޓީވީން ވެސް ދައްކަމުން ގެންދިޔައީ މި ވީޑިއޯއެވެ.

ރަޝިއާގައި އެންމެ މިނިވަންކޮށް ހިނގާކަމަށް ބުނާ ރޭޑިއޯ ، އެކޯ މޮސްކީ( އެކޯ އޮފް މޮސްކޯ)ހިންގާ ކުންފުނީގެ ބޯޑުން ވަނީ އެ ރޭޑިއޯ ޗެނަލް ވެސް އުވައިލައިފައެވެ. ޔޫކްރޭން ހަނގުރާމައިގެ ކަވަރޭޖުގައި އެ ރޭޑިއޯއިން ވަނީ ޔޫކްރޭންގެ ނޫސްވެރީން މެދުވެރިކޮށް ޚަބަރުތައް ގެނެސްދީފައެވެ. އެ ރޭޑިއޯ ޗެނަލްގެ އެޑިޓަރު ބުނެފައި ވަނީ ހަނގުރާމައިގެ ޚަބަރުތައް ގެނެސްދިނުމުގައި ރަޝިއާ ސަރުކާރުގެ ޕްރެޝަރު ކުރިމަތިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!