ރަޝިޔާއިން ޔޫކްރެއިން އަށް ދެމުންދާ ހަނގުރާމައާއި ގުޅިގެން ޔޫކްރެއިންގައި ތިބި ދިވެހިންގެ ތެރެއިން ރާއްހޖެ ނާދެވިފައި ތިބި މީހުންނަށް މިއަދު ރާއްޖެ އާދެވޭނެ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަޒްއިން ބުނެފިއެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ރަޝިއާ އިިން ޔޫކްރެއިނަށް ހަމަލާތައް ދޭން ފެށުމާ އެކު އެ ގައުމުގެ ވައިގެ ދަތުރުތައް ހުއްޓާލިއިރު ޔޫކްރެއިންގައި 24 ދިވެއްސަކު އުޅުނެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ރާއްޖެ ނާދެވިފައި ތިބި ހަ ދަރިވަރުންނާއި ތިން ކުދިން ހިމެނޭ އާއިލާއެއް މިހާރު ހަންގޭރީ އިން ރާއްޖެ އަށް ދަތުރު ފަށާފައިވާ ކަމަށާއި އެ މީހުން މިއަދުގެ ވަގުތެއްގައި ރާއްޖެ އަށް އާދެވޭނެ ކަމަށެވެ.