ކޮވިޑުން ދިފާއުވުމަށް ޗައިނާއިން ތަރައްގީ ކޮށްފައި ވާ ސީނޯވެކް ކޮވިޑް ވެކްސިން، އުމުރުން 3 އަހަރާއި 17 އަހަރާ ދެމެދު އުމުރުފުރާގެ ކުދިންނަށް ބޭނުން ކުރެވޭ ގޮތަށް، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން، ހުއްދަ ދީފިއެވެ.
ޗައިނާއިން ދިރާސާތަކަށްފަހު ވަނީ 3 އަހަރުން މަތީގެ ކުދިންނަށް ސިނޮވެކް ވެކްސިން ޖެހުމަށް ވަނީ ހުއްދަ ދީފައެވެ. ކުލިނިކަލް ޓްރަޔަލްގެ 2 ވަނަ މަރުހަލާގެ ހޯދުންތަކުން ދައްކާ ގޮތުގައި، އުމުރުން 3-17 އަހަރާ ދެމެދު އުމުރުފުރާގެ ކުދިންގެ ހަށިގަނޑުގައި އެންޓިބޮޑީޒް އުފެއްދުމުގައި ސީނޯވެކް ކޮވިޑް ވެކްސިނަކީ 98.9 ޕަސެންޓް ކާމިޔާބު ވެކްސިނެކެވެ.
ސީނޯވެކްއިން ވަނީ، މި ކޮވިޑް ވެކްސިނަކީ ކުޑަކުދިންގެ ހަށިގަނޑުގައި ކާމިޔާބު ނަތީޖާތަކެއް ނެރެނިވި ވެކްސިނެއް ކަމަށް ބުނެފައެވެ.