ޚަބަރު
”ކަސީދާ”ގެ ނަމުގައި މީހުން ބިނާކުރުމުގެ ޕްރޮގްރާމެއް ތިނަދޫ ކައުންސިލުން ފަށައިފި

“ކަސީދާ” ގެ ނަމުގައި މީހުން ބިނާކުރުމުގެ ޕްރޮގްރާމެއް ގދތިނަދޫ ކައުނަސިލުން ފަށައިފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ރައީސް ސައުދު ޢަލީ ވިދާޅުވީ ނިމިދިޔަ ހަފްތާގެ ތެރޭގައި ތިނަދޫ ކައުންސިލުން ފަށާފައިވާ ޚާއްޞަ ޕްރޮގްރާމްގެ މައިގަޑު މަގްސަދަކީ ތިނަދޫގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާނެ ޒުވާނުން އުފެއްދުމާ ބަރަކާތްތެރި ރަމަޟާން މަސް ތެރޭގައި ރައްޔިތުން އެދޭގޮތަން ގުރުޢާން ހިތުދަސް ހާފިޒުން ތައްޔާރުކޮށް ކަށުކަމާކެމީގެ ކަންކަމުގައި ހަރަކާތްތެރިވާނެ ޒުވާނުން ތަމްރީންކޮށް ދީނީ ކަންކަމުގައި ޒުވާނުންގެ ހަރަކާތްތައް ހެޔޮގޮތުގައި ކުރިއަށް ގެންދިއުން ކަމަށެވެ.

ތިނަދޫ ކައުންސިލުން މުޅިން އަލަށް ފެށި ޕްރޮގްރާމާ ބެހޭގޮތުން ހުވަދޫ ނިއުސް އަށް އިތުރު ތަފްސީލު ދެއްވަމުން ސަޢުދު އަލީ ވިދާޅުވީ “ކަސީދާ” އަކީ ފާއިތުވި ކައިރި މާޒީތަކުގައި ތިނަދޫގެ މިސްކިތްތަކުގައި ދިމާވި އިމާމުންގެ ދަތިކަމާއި ރޯދަމަސްތަކުގައި ދިމާވި ހާފިޒުން ތަރާވީސްކުރުމުގެ މައްސަލަތައް ޙައްލުކޮށް މިއަހަރުން ފެށިގެން ގިނަ ކަންތައްތަކެއް ރަނގަޅު ކުރުމަށް ބާއްޕާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން ތިނަދޫ ކައުންސިލުން ވަނީ މިސްކިތްތަކުގައި އިމާމްވެ ނަމާދާއި ތަރާވީސް ކުރާނެ ޒުވާނުން އުފެއްދުމުގެ ސިލްސިލާ މަސައްކަތެއް “ކަސީދާ”ގެ ނަމުގައި ފަށާފައިކަމަށްވެސް ރައީސް ސަޢުދު ވިދާޅުވިއެވެ.

“އުމްމީދަކީ މި އަހަރުގެ ރޯދަމަހު މިކަމުގެ ފައިދާ އާއި ލުއިފަސޭހަ ގިނަބަޔަކަށް ލިބިގެން ދިއުމުގެ އިތުރުން ގިނަ ޒުވާނުންތަކެއް ރަށުގައި ތިބެ ދީނީ ކަންކަމުގައި ތަމްރީނުވެފައި ތިބުމުން ކުރިން ދިމާވި ބޮޑެތި ގޮންޖެހުންތައް ޙައްލުވުން” ގދ ތިނަދޫ ރައީސް ސައުދު ޢަލީ ވިދާޅުވިއެވެ.

ރައީސާ އިތުރަށް ވިދާޅުވީ މި ޕްރޮގްރާމް ވަރަށް ކާމިޔާބު ޕްރޮގްރާމެއް ގޮތުގައި ކުރިޔަށް ގެންދިޔުމަކީ ކައުންސިލްވެސް ބޭނުންވާގޮތް ކަމަށާއި ކުރިއަށް އޮތް ތަނުގައި އަތޮޅުތެރޭގެ ރައްރަށުގެ ޒުވާނުންވެސް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތުތައް ދެވި ގިނަ ތަމްރީނުތަކާއި ޕްރޮގްރާމްތައް ކަސީދާ އިން ހިނގާނެކަމަށެވެ.

ތިނަދޫ ކައުނަސިލްގެ ކަސީދާ ޕްރޮގްރާމް ގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ބައެއް ބެލެނިވެރިން ވިދާޅުވިގޮތުގައި ތިނަދޫ ކައުނަސިލްން ފެށި މި ޕްރޮގްރާމަކީ ވަރަށް މުހިންމު، އެހާވެސް ބޭނުންތެރި ކަމެއް ކަމަށާއި ހަގު އުމުރުގައި ރަށުގެ ކުދިންނަށް މިފަދަ ފުރުޞަތު ހޯދައި ދިނުމަށް ތިނަދޫ ރައީސް ސައުދު ޢަލީގެ އިތުރުން މެމްބަރުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަ ކޮށް ޝުކުރު ދަންނަވާ ކަމަށެވެ.

އަދި ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ އަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ރައްޔިތުންގެ އިހްސާސް ދަންނަ ރައީސެއް ކަމަށްވެސް އެ ބެލެނެވެރިން ގަބޫލުކުރާކަމަށްވެސް ވިދާޅުވިއެވެ.

ކަސީދާ ގެ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ގެ ގޮތުގައި 18 ކުދިން ބައިވެރިވެ މިހާރު ވަނީ ތަމްރީނު ފަށާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!