ގދ ފިޔޯރީ ކައުންސިލާއި ސޮސައިޓީ ފޯ ފިޔޯރީ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް “ސްފައިސް” ގުޅިގެން މިނިވަން ދުވަހުގެ ޓެލެތޯނުގައި ބައިވެރި ކުރުމަށް ޚާއްޞަ ހުށަހެޅުން ތަކެއް ތައްޔާރު ކޮށްފިއެވެ.
ޕީއެސްއެމުން ޖުލައި 26 ގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ރާއްޖޭގެ މިނިވަން ދުވަހުގެ ޚާއްސަ ޓެލެތޯނުގައި ދެއްކުމަށް ފިޔޯރީ އިން ތައްޔާރު ކޮށްފައިވާ އައިޓަމް ތަކުގެ ތެރޭގައި ދުވަހާ ގުޅޭ ވީޑިއޯ ލަވަޔެއްގެ އިތުރުން ބަނދި, ޅެން އަދި ހޮޅުއަށި ވާހަކަ ހިމެނެއެވެ.
ފިޔޯރީ ކައުންސިލްގެ ރައީސް، ފައިޒަރު ރަޝީދު، ވިދާޅުވެފައިވާގޮތުން، މިނިވަން ދުވަހާއި ގުޅުވައިގެން ކުރިޔަށް ގެންދެވޭ ޓެލެތޯންގައި ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުޞަތު، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހުޅުވާލުމާއެކު، ބައިވެރިވުމުގެ ފުރުޞަތު ގދ. އަތޮޅުކައުންސިލުން އަޅުގަނޑުމެންނަށް ދީފައިވެއެވެ. މި ފުރުޞަތަކީ ގދ. އަތޮޅުކައުންސިލް މެދުވެރިވެގެން ހޯދައިދިން ފުރުޞަތެކެވެ. މިފަދަ ފުރުޞަތެއް ފިޔޯރީއަށް ދެއްވީތީ ގދ. އަތޮޅުކައުންސިލާއި، ހޯމް މިނިސްޓްރީއަށް ޝުކުރު އަދާކުރާ ވާހަކަ ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވިއެވެ.
އަދި މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ފަހުން ތައްޔާރު ވާން ލިބިފައިވަނީ ވަރަށް ކުޑަ މުއްދަތެއް ކަމަށާއި ލިބުނު 7 ދުވަސްތެރޭގައި ސޮސައިޓީ ފޯ ފިޔޯރީ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް “ސްފައިސް” ގެ ފަރާތުން ލިބުނު އެއްބާރުލުމާއިއެކު ހުރިހާ ކަމެއް ނިންމާލެވިފައިވާކަމަށް ފައިޒަރު އިތުރަށް ފާހަގަކުރެއްވިއެވެ.
ސްފައިސް ގެ ފައުންޑަރ މުހައްމަދު އާސިފު ވިދާޅުވީ މިނިވަން ދުވަހުގެ ޤައުމީ ލެވެލްގެ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތެއް ލިބުނީތީ ވަރަށް އުފާ ކުރާ ކަމަށެވެ. އަދި ފިޔޯރީ ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށެ.
މިއަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ޕީއެސްއެމުން ބާއްވާ ޚާއްސަ ޓެލެތޯނުގައި ބައިވެރި ވުމަށް ރާއްޖޭގެ އެކި ކަންކޮޅު ތަކުން އަންނަނީ ތައްޔާރު ވަމުންނެވެ.
އަނެއްކާވެސް މުޙައްމަދު އަމީން ވަޱައިގަންނަވައިފި. މިފސހަރު ވަޱައި ގެންނެވީ ހުވަދު އަތޮޅު ދެކުނު ބުރީ ފިޔޯރީ ކައުންސިލަށް.
މުޚައްމަދު އަމީން އަނެއްކާވެސް ވަޑައި ގަންނަވައިފި. މިފަހަރު ވަޑައިގަންނަވައޮފައި ވަނީ ހުވަދު އަތޮލި ދެކުނު ބުރީ ފިޔޯރީ ކައުންސިލަށް.