ޚަބަރު
ބިދޭސީ މަސައްކަތްތެރިންނަށް ޚާއްޞަކޮށްގެން އެވިޑް ކޮލެޖުން ހެލްތު ކޭމްޕެއް ބާއްވައިފި

އިޖުތިމާއީ ޒިންމާތަކުގެ ތެރެއިން ހިލޭ ސާބަހަށް މުޖުތަމައުގެ ހޭލުންތެރިކުރުމުގެ ގޮތުން ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން އެވިޑް ކޮލެޖުން ހެލްތު ކޭމްޕެއް ބާއްވައިފިއެވެ.

އިއްޔެ ހަވީރު މާލޭ ސޯސަލް ސެންޓަރު ކައިރީ ބޭއްވުނު ހެލްތު ކޭމްޕަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ޒިޔާރަތްކޮށްފައެވެ.

އެވިޑް ކޮލެޖުން އިސްނަގައިގެން ބޭއްވުނު މިކޭމްޕް އޮތް ސަރަހައްދަށް ވަޑައިގެން އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުޝްތާޤް ރަޝާދު ވަނީ އެ ސަރަހައްދުގައި އެވަގުތު ތިބި ބިދޭސީންނާއި މުޚާތަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ.

މުޝްތާޤް ވިދާޅުވީ އިއްޔެއަކީ އެވިޑް ކޮލެޖަށް ވަރަށް ތާރީޚީ ދުވަހެއް ކަމަށާއި ގިނަ އިޖުތިމާއީ ކަންތައްތައް ކުރިޔަށް ގެނދިޔުމުގައި އެވިޑް ކޮލެޖް ތާއަބަދުމެ ދެމި އޮންނާނެ ކަމަށެވެ. އަދި އެވިޑް ކޮލެޖްގެ އެންމެ ބޮޑު ބޭނުމަކީ ހިލޭ ސާބަހަށް މުޖުތަމައުގެ އެކިކަންކަމުގައި ހޭލުންތެރިކޮށްދިނުމުގެގޮތުން ކުރެވެންހުރި ހުރިހާ މައްސައްކަތެއްގައި ތާއަބަދުމެ ކުރުން ކަމަށް މުޝްތާޤް ވިދާޅުވިއެވެ.

މީގެ އިތުރުން ޤައުމުގެ އެކިއެކި ކަންކަމުގައި ބަސްބުނެ އިޚްލާޞްތެރިކަންދައްކައި މުޖުތަމައުގެ އެކިކަންކަމުގައި ވާގިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ތައުލީމް އުގަންނައިދިނުމަށް މަސައްކަތް ކުރާ މީހުންގެ ވާޖިބެއް ކަން މުޝްތާޤުގެ ވާހަކަތަކުގައި ފާހަނގަކުރެއްވިއެވެ.

އެވިޑް ކޮލެޖްގެ ޗެއަރމަން އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއަކީ އެކިއެކި ޤައުމުތަކުގެ ބޭރު ބޭފުޅުން ދިރިއުޅެމުން އަންނަ ތަނަކަށްވީ ހިނދު އެބޭބޭފުޅުންނަށް މުޖުތަމައުގައި ކުރަންބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އުޅެންޖެހޭ ސުލޫކީ މިންގަނޑަކީ ކޮބައިކަން ބުނެދީ، ބޭރު ބޭބޭފުޅުންނަށް ނަސޭހަތްތެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިވެހންގެ ވާޖިބެކެވެ.

ބިދޭސީންގެ ސަބަބުން ދިވެހި ގައުމު ބިނާވެގެންދާތީ އާއި އުމުރާނީ ތަރައްގީތައް ގެނައުމުގައި މަސައްކަތް ކުރަމުންދާ ބަޔަކަށްވާތީއެވެ. އަދި ޚާއްޞަގޮތެއްގައި އެ ރައްޔިތުން ދަނީ އެކި މައްސައްކަތުގެ މާހައުލުގައި ވަރަށް ބޮޑަށް އަވަދިނެތި މަސައްކަތްކުރަމުން ކަމަށް ފާޙަގަ ކުރެއްވިއެވެ.

އެވިޑްގެ ޗެއާމަންގެ ވާހަކަކޮޅު ނިންމާލަށްވަމުން ވަނީ އެ ސަރަޙައްދުގައި އެވަގުތު ތިބި ބަންގްލަދޭޝްގެ ރައްޔިތުންނާއި މުޚާތަބުކުރަށްވައި، ބަންގްލަދޭޝް ބަހުން ވެސް އެވިޑްގެ މެސެޖް ފޯރުކޮށްދެއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!