މާބަނޑު އަންހެނަކު، އޭނާ މަބަނޑުވިތާ 16 ވަނަ ހަފްތާގައި، ހެދި އަލްޓްރާ ސްކޭނަކުން ދެއްކިގޮތުން ބަނޑުގައިވާ ދަރިފުޅާއި އެކު، ޓިއުމަރެއް އުފެދެމުން އަންނަކަން ފާހަގަވިއެވެ. މިޓިއުމަރު، ދަރިފުލާއި އެއްސައިޒަކަށް ބޮޑުވެފައި ވުމުގެ އިތުރުން، ދަރިފުޅުގެ މައިބަދަ ނިމޭ ހިސާބުގައި އުފެދި، ދަރިފުޅުގެ ހަށިގަނޑާއި ގުޅިފައިވާކަން ސްކޭން އިން އެގިގެން ދިޔައެވެ.
ތުއްތު ދަރިފުޅުގެ ހަށިގަނޑާއި، ޓިއުމަރު ގުޅިފައި ވުމުން އެތުއްތު ދަރިފުޅުގެ ހެދި ބޮޑުވުމަށް ބޭނުންވާ ކާނާގެ ބޮޑުބައެއް ޓިއުމަރަށް ނަގާކަން ޑޮކްޓަރުންނަށް އެނގުނެވެ. ޓިއުމަރުގެ ސަބަބުން، ބަނޑުގައިވާ ދަރިފުޅުގެ ހިތް އާންމުކޮށް ތެޅޭ މިންވަރަށްވުރެ ބާރަށް ތެޅި، ހަށިގަނޑާއި ގުޅިފައިވާ ޓިއުމަރަށް ލޭފުނުވައި ދިނުމަށް އިތުރު މަސައްކަތް ކުރަންޖެހޭކަން ޑޮކްޓަރުންނަށް ފާހަގަވިއެވެ.
ބަނޑުގައިވާ ތުއްތު ކުއްޖާ ފުރާ ފުރިހަމަޔަށް ހެދިބޮޑުވެ، ގުނަވަންތައް އުފެދި ފުރިހަމަ ނުވުމާއި، ދުވަސްނުފުރޭތީ، ކުއްޖާ އޮޕަރޭޝަން ކޮށްގެން ނެގުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމުގައި ޑޮކްޓަރުން ޤަބޫލުކުރިއެވެ. ނަމަވެސް ޓިއުމަރުގެ ސަބަބުން މިތުއްތު ކުއްޖާ އުފުލަންޖެހޭ ތަކުލީފު ދެނެގަނެ، ސާޖަރީ ހަދައިގެން ނުނަގައި ދަރިފުޅު ބާއްވައިފިނަމަވެސް، ކުޑަދަރިފުޅުގެ ފުރާނަޔަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑުކަން، ޑޮކްޓަރުންނަށް އެގުނެވެ.
ދަރިފުޅު ސަލާމަތުން ދުނިޔެއަށް އުފަން ކުރެވުމުގެ ފުރުޞަތު ކުޑަވެފައި، ބަނޑުގައި ދުވަސްފުރެންދެން ބޭއްވުމަކީވެސް، ދަރިފުޅުގެ ފުރާނަޔަށް ނުރައްކާ ވެދާނެ ކަމެއްކަމުގައި ފެނި، އެބޯޝަން ހެދުމަށް ގިނަ ޑޮކްޓަރުން ލަފާދިނެވެ. ނަމަވެސް މާގަރެޓް އަދި އޭނާގެ ފިރިމީހާ ޖެފް، ދަރިފުޅު ނުވިއްސައި، ބަނޑުގައި ބާއްވައިގެން ޓިއުމަރު ނައްތާލެވޭނެ ގޮތެއް ފެނޭތޯ ތަފާތު ހޮސްޕިޓަލްތަށް ބެލިއެވެ. މިގޮތުން، އެއް ހޮސްޕިޓަލުން، ދަރިފުޅު ނުވިއްސައި، މާބަނޑުގައި ބާއްވައިގެން ޓިއުމަރު ނަގާލެވިދާނެކަމަށް ބުނެއެވެ.
އެމެރިކާގެ ޓެކްސަސްގެ ކުޑަކުދިންގެ ހޮސްޕިޓަލުން، ދަރިފުޅާއި އެކުގައިވާ ޓިއުމަރު ދަރިފުޅަށް ގެއްލުމެއް ނުދީ ނެނގިދާނެކަމަށް ބުނުމުން މިދެމަފިރިންނަސް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. ހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްސަ ޔުނިޓުގައި މަސައްކަތް ކުރާ ޑޮކްޓަރުން މާގަރެޓް އަދި އޭނާގެ ފިރިމީހާ ޖެފް، ކައިރީގައި ބުނެފައިވާގޮތުން، މިސާޖަރީވެގެންދާނީ ވަރަށްވެސް އުދަނގޫ ސާޖަރީއެއްކަމުގައެވެ.
ޑޮކްޓަރުން އިތުރަށް ތަފްޞީލް ދިންގޮތުގައި، މިސާޖަރީގެ ރިސްކު ބޮޑުވަނީ، ދަރިފުޅު މައިމީހާގެ މާބަނޑުން ނަގައި ބޭރަށް ނެރެ، ޓިއުމަރު ނެގުމަށްފަހު އަލުން، މައިމީހާގެ ބަނޑަށް ލައްވައި އަލުން އިތުރަށް ހެދިބޮޑުވުމަށް ފުރުޞަތު ދޭތީއެވެ. ނަމަވެސް، މި ސާޖަރީ ފުރިހަމަޔަށް ކާމިޔާބު ވެދާނެކަމުގެ ޔަޤީންކަން އެއްވެސް ގޮތަކަށް ނުދެވޭނެކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ. ނަމަވެސް މިއީ ކަމީޔާބު ވެދާނެ ކަމެއްގެ ގޮތުގައި ޑޮކްޓަރުންނަށް ޤަބޫލުކުރެވުނެވެ.

ލިންލީގެ ފޮޓޯއެއް
23 ހަފުތާގައި ތުއްތު ކުއްޖާ ލީންލީގެ ހިތަށް ޓިއުމަރުގެ ސަބަބުން މާބާރުބޮޑުވެ، ހިތް ހަލާކުވެދާނެ ކަމަށް ޑޮކްޓަރުންނަށް ފެނިގެން، މާގަރެޓް އެރޭ ސާޖަރީއަށް ދިޔަ އެވެ. އޯޕަން ފީޓަލް ސާޖަރީ އަކީ އެންމެ ރަނގަޅު ހާލަތުގައި ކޮމްޕްލެކްސް އަދި ރިސްކީ ސާޖަރީ އެކެވެ. ކުޑަކުޑަ ލީންލީގެ ކުޑަކުޑަ ހިތް ކޮންމެވެސް ވަރަކަށް ހަލާކުވެދާނެކަމަށް ފެނި، ލީންގެ ފުރާނަ ސަލާމަތް ކުރުމަށް ނަގަންޖެހުނު ކޮންމެ ރިސްކެއް ނެގުމަށް މައިންބަފައިން ނިންމިއެވެ.
ޑޮކްޓަރުންގެ ޓީމުން، ލިންލީގެ ވޯޓަރ ބޭގްގެ އިތުރު އާޓިފިޝިއަލް ދުއްޔެއް ލައްވައި، އެމްނިއޯޓިކް ފްލުއިޑް ބޭރުނުވާނޭހެން ހަދައި، ލިންލީ ގެ ސާޖަރީ ނިންމައި، ފެނާއިއެކު އަލުން، ވޯޓާބޭގް ލީކު ނުވާނެހެން އިތުރު އާޓިފިޝަލް ދުލިއެއް ލައި އަލުން މާގަރެޓް ގެ މާބަނޑަށް އަލުން ލެއްވިއެވެ. މިއީ ލިންލީގެ ފުރަތަމަ އުފަންވުން ކަމުގައި ބެލެވިދާނެއެވެ. އަދި ދުވަސް ފުރަންދެން މަނޑުކުރުމަށްފަހު، ސިޒޭރިން އަކަށް ދިޔައެވެ.

ލިންލީގެ ފޮޓޯއެއް ހޮސްޕިޓަލުގައި
ހަނިފުރުސަތަކާއިއެކުވެސް، ދަރިފުޅުގެ ފުރާނަ ސަލާމަތްކުރުމަށް، ދެމަފިރިންގެ ނިންމި ނިންމުން ފެނިގެންދިޔައީ ވަރަށްވެސް ފޮނިކޮށެވެ. ލިންލީ ހެދިބޮޑުވުން ފުރާ ފުރިހަމަވެ، ސިއްހަތު ރަގަނޅު ކުއްޖެއްގެ ގޮތުގައި އަލުން ދުނިޔެއަށް އުފަންވިއެވެ. ބައެއް މީހުން ޤަބޫލުކުރާ ގޮތުން ލިންލީ އަކީ ދެފަހަރަށް އެއް މަންމައެއްގެ ބަޑުން އުފަންވުމުގެ ފުރުޞަތު ލިބުނު ވަރަށްވެސް ޚާއްސަ ކުއްޖެކެވެ.
ތަފާތު ސިއްޙީ މައްސަލަތަށް ކުރިމަތިވެ، ޑޮކްޓަރުންގެ ލަފާގެމަތިން، ކުދިން އެބޯޝަން ހަދާ ފަރާތްތަކަށް މިދެމަފިރިން، ދޭން އޮތްމެސެޖަކީ، ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ހަނިފުރުޞަތެއް އޮތް ނަމަވެސް، އުންމީދު ދޫކޮށް ނުލާށެވެ. މިފަދަ ހާލަތުގައިވެސް އުންމީދު ކަނޑާނުލުމަށް ދެމަފިރިން ބުނެފައިވެއެވެ.