ޚަބަރު
އައްޑޫގައި މޮނިޓަރިންގ އުވާލި ކަމުގައި ވިޔަސް ހާއްސަ އުސޫލްތަކެއް

އައްޑު އަތޮޅުގެ ރަށްތަކުގައި އޮތް މޮނީޓަރިން އުވާލި ނަމަވެސް ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

މޮނީޓަރިން އުވާލި ނަމަވެސް އެޗްޕީއޭގެ ހުރިހާ ގައިޑްލައިންތަކަކާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެއެވެ.
އިއުލާނުގައިވާ ގޮތުން އަދިވެސް  ކެފޭ، ރެސްޓޯރެންޓުތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަން ޖެހެ އެވެ.

މީގެ އިތުރުން ޖިމްތަކާއި ބޯކޮށާ ތަންތަން އަދި ސެލޫން ފަދަ ތަންތަނުގައި ވެސް އަމަލުކުރަން ވާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ. ހަމައެއާއެކު އެއްވެސް ކުޅިވަރު މުބާރާތްތައް ނުބޭއްވޭނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

މިހަފްތާގެ ހޯމަދުވަހުން ފަށައިގެން މޮނިޓަރިންގ ގެ ހާލަތު އުވާލާފައިވީ ކަމުގައި ވިޔަސް އަދިވެސް ބޭރަށް ދިޔުން މަދުކޮށް، ބޭރަށް ދާނަމަ މާސްކުއެޅުމަށް ވެސް އެ ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!