ޚަބަރު
ރަމަޟާން މަހުގެ ރަސްމީ ގަޑި ކަނޑައަޅައިފި

އަންނަ ރަމަޟާން މަހުގެ ރަސްމީ ގަޑި ކަނޑައަޅައި ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.

އެކަން ހާމަކޮށް ރައީސް އޮފީހުން މިއަދު ބުނީ ރަމަޟާން މަހުގެ ރަސްމީ ގަޑިއަކީ ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 ކަމަށެވެ.

މިކަން ހާމަކުރައްވާފައި ވަނީ، ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖައްސަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި މި އަހަރުގެ 4/2022 ވަނަ ނަންބަރު ދެންނެވުމުގައެވެ.

ރައީސް އޮފީހުން ނެރުނު ދެންނެވުން

އަދި ރަމަޟާންމަހުގެ ރަސްމީގަޑިއާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖެއްސެވުމާއެކު ސަރުކާރުގެ މަސައްކަތްތައް އެ ވަގުތުތަކަށް ފައްތައިގެން ރޭވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި އަންގަވާފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!