ވިޔަފާރި
ރޯދަމަހު ބާޒާރުން ތަކެތި ހުސްނުވެ ލިބޭނެ – އަމްރު

މިއަހަރުގެ ރަމަޟާން މަހުވެސް ބާޒާރުން ކެއިންބުއިމަށް ބޭނުންކުރާ ތަކެތި ހުސްނުވެ ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، އެސްޓީއޯގެ އަމާޒަކީ މިއަހަރުގެ ރަމަޟާން މަހުވެސް ބާޒާރުގައި ތަކެތި ކޮންޓްރޯލް އަގުގައި އާންމުންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން ރޯދަމަހު އެންމެ ބޭނުންވާ ބިސް، ފިޔާ، އަލުވި ހެޔޮ އަގުގައި އާންމުންނަށް ފޯރުކޮށްދިނުމަށް އެތަކެތީގެ ޝިޕްމަންޓު މިހާރު ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން އާންމުކޮށް އާންމުކޮށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ހުސްނުވެ ބާޒާރުގައި ހުންނާނެކަމުގެ ޔަޤީންކަން އަޅުގަނޑުމެން ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުން މިދަނީ. އެގޮތުން އަޅުގަނޑުމެން މިހާރުވެސް ޝެޑިއުލް ހަދައިގެން ފިޔާ، ބިސް، އަލުވީގެ ޝިޕްމަންޓްތަކާއި އެއްޗެހި މިހާރުވެސް ހުރީ ރެޑީކޮށްފައި. – އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއަކީ މިތަކެތި މުޅި ރާއްޖެއަށް ފޯރުކޮށްދޭ ކުންފުންޏަށްވާއިރު، ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައިވެސް ފިޔާ، ބިސް އަދި އަލުވީގެ އަގުތައް ހުންނާނީ މާލެއާ އެއް އަގެއްގައިކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، އެސްޓީއޯއިން ވިސްނާފައި އޮތީ ކުރިއަށް އޮތް ތާނގައި ރާއްޖެއިން ބޭރުން ގެންނަ ޝިޕްމަންޓު ޑައިރެކްޓުކޮށް ރާއްޖޭގެ އުތުރަށާއި ދެކުނަށް ފޮނުވުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!