ޚަބަރު
ކޮވިޑް ބަލިން ފަސޭހަނުވެ، 14 މަސްދުވަހު އުޅުމުގެ ދުނިޔޭގެ ރެކޯޑް ލިބިފައިވާ މީހެއް

އިސްތަންބޫލަށް އުފަން، 56 އަހަރުގެ މުޒައްފަރު ކަޔާސަން އަކީ، ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ މީހެކެވެ. އަދި މިފަދަ ސިއްޙީ ހާލަތެއްގައި އޭނާ ވަނިކޮށް، ކޮވިޑް-19 އަށް އޭނާ ފައްސިވެއެވެ. ކޮވިޑް19 އަށް ފައްސިވުމުން، މާގިނަދުވަހަކު ދެން ދުނިޔޭގައި ނުހުރެވޭނެކަމަށް މުޒައްފަރަށް ހީވިއެވެ. ނަމަވެސް، ހީކުރިގޮތާއި މުޅިން ތަފާތުކޮށް، ކޮވިޑް ބަލި ޖެހި، 78 ފަހަރު ސާމްޕަލް ނަގާފައިވާ އިރުވެސް، ބަލީގެ ވައިރަސް ހުރުމުން، އެބަލިން ޝިފާ ނުލި، 14 މަސްދުވަސް ވަނީ ހޭދަކުރަން ޖެހިފައެވެ. އަދި ކަޔާސަން ހީކުރިގޮތާއި ތަފާތުކޮށް، މުޒައްފަރު އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ. ކޮވިޑް ބަލިން ފަސޭހަނުވެ، އެންމެ ގިނަދުވަހު އުޅުމުގެ ދުނިޔޭގެ ރެކޯޑް މުޒައްފަރަށް ވަނީ ލިބިފައެވެ.

ޑޮކްޓަރުން ލަފާކުރާގޮތުން ކަޔާސަން، ކޮވިޑުގެ ބަލިމަނޑުކަމުން އަރައިނުގަނެވި މިހާ ގިނަދުވަސް ހޭދަވީ، ކެންސަރުބަލީގެ ސަބަބުން އިމިއުން ސިސްޓަމް ބަލިކަށިވުމުގެ ސަބަބުން ކަމަށް ވުން އެކަށީގެންވެއެވެ. 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރެވި، އަދި ހޮސްޕިޓަލުން ބޭރަށް ނުނުކުމެވި، ކަޔާސަން ވީނަމަވެސް، އޭނާގެ ހިތްވަރު ގަދަކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

“އަހަންނަށް ހީވަނީ މިއީ ކޮވިޑްގެ އަންހެން ވާޝަންހެން- އޭނާ ވަނީ އަހަރެންނާ ހެދި މޮޔަވެފައި،” ކަޔާސަން ޖޯކެއްގޮތުގައި ބުނެފައިވެއެވެ.

ހޮސްޕިޓަލުގައި ނުވަ މަސް ދުވަސް ހޭދަކުރުމަށްފަހު، އޭނާގެ ފްލެޓުގައި އެކަނި މާ އެކަނި ފަސް މަސް ދުވަހު ކަޔާސަން ވަނީ ދިރިއުޅެފައެވެ. އަދި ބޭރުދުނިޔެއާއި، އާއިލާ އާއިވެސް ވަކިން ގިނަދުވަސްތަކެއް އޭނާ ވަނީ ހޭދަކޮށްފައެވެ. މުނިކާފަ ދަރިއެއް ކަމުގައިވާ އަޒުރާ އާއި ވެސް ކަޔާސަން ބައްދަލުކޮށް ވާހަކަ ދައްކަން ޖެހެނީ، ގޭގެ ފަހަތުގައިވާ ބަގީޗާގައި އަޒުރާ ހުރެގެން، ބިއްލޫރި ދޮރެއްގެ ފަހަތަކުގައި އެތެރޭގައި ހުރެގެންނެވެ.

ކަޔާސަންގެ މުނިކާފަދަރި އަޒްރާ ބައްދަލުކުރަންގޮސް

އިސްތަންބޫލް ޔުނިވާސިޓީގެ އިންފެކްޝަސް ޑިޒީޒަސް އަދި ކްލިނިކަލް މައިކްރޯބަޔޮލޮޖީ ޕްރޮފެސަރު ކަޔާސަންގެ ޑޮކްޓަރު ސެރަޕް ސިމްސެކް ޔަވުޒް ވިދާޅުވީ، އޭނާގެ ކޭސްއަކީ އެމީހުން ޓްރެކް ކުރި އެންމެ ދިގު ކޭސް ކަމަށާއި، މިއުޓޭޓެޑް ވޭރިއަންޓެއް އަތުވެދާނެ ކަމުގެ އެއްވެސް ރިސްކެއް އޮތްތޯ ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

“441 ދުވަސް ވަންދެން ޕޭޝަންޓަކު ކޮވިޑަށް ޕޮޒިޓިވް ވުމަކީ މިއަދުގެ ނިޔަލަށް ރިޕޯޓް ކުރެވުނު ކަމެއް ނޫން،” އެސީބާޑަމް ހޮސްޕިޓަލުގެ އިންފެކްޝަސް ޑިޒީޒަސް އެންޑް ކްލިނިކަލް މައިކްރޮބައޮލޮޖީ ޑޮކްޓަރު ކެގްރި ބުކޭ ވިދާޅުވި އެވެ.  ޕޮސިޓިވް ޓެސްޓް ނަތީޖާގެ ސަބަބުން ކަޔާސަންއަށް ވެކްސިން ދިނުމަށް، އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ތުރުކީގެ ގައިޑްލައިންތަކުން ބުނާއިރު، ކޮވިޑް19 ގެ ވެކްސިން ލިބުމަށް ކަޔާސަންގެ ޝިފާއަކަށް ވަނީ އިންތިޒާރު ކުރަން ޖެހިފައެވެ. ކޮވިޑުގެ ހާލަތާއި ގުޅިގެން، ކަޔާސަންއަށް ވަނީ، ކާއެއްޗެހީގެ ރަހައާއި މީރުކަން ގެއްލިފައެވެ. އަދި މިހާލަތުގައި، ކަޔާސަން ވަނީ އޭނާގެ ބަންދަށް ލުއިތަކެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އިލްތިމާސްކޮށްފަ އެވެ.

ކަޔާސްން ބޭނުންކުރަމުންދާ ބޭސްތަކުގެ ފޮޓޯއެއް

އޭނާގެ ދަރިފުޅު ގޯޚާން ކަޔާސަން ބުނީ އޭނާގެ ބައްޕައަކީ އަބަދުވެސް “ޕޮޒިޓިވް” މީހެއް ކަމަށާއި، ނަމަވެސް އެއީ މިގޮތަކަށް ނޫން ކަމަށެވެ. ބައްޕައަކީ ކިހާ ޕޮޒިޓިވް މީހެއްކަން އަބަދުވެސް ބުނަމުން އައިސް، މިހާރު އޭނާ ކޮވިޑަށް ވެސް އެންމެ ފަހުން ޕޮޒިޓިވް ވީ ކަމުގައި ދަރިފުޅު ބުނެއެވެ. އަދި އުޅެ އުޅެ ނެގެޓިވް ނުވެވި، ރަތް ލައިޓުގައި ބައްޕަ ވަނީ ތާށިވެ، ކުރިޔަށް ނުދެވިފައިކަމަށް ދަރިފުޅު މަޖާގޮތަކަށް މީޑިއާއަށް ވަނީ މަޢުލޫމާތު ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!