ޚަބަރު
މަޑަވެލި ކައުންސިލުން އެރަށު ރައްޔިތުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހެދުމަށް އެހީވަނީ

ގދ މަޑަވެލިީގައި ދިރިއުޅޭ 18 އަހަރުންމަތީ ފަރާތްތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަން ހެދުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަކަށް ލައިސަންސް ހެދުމަށް އެރަށު ކައުންސިލުން އެހީތެރިކަން ދޭން ފަށައިފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މަޑަވެލި ރައީސް ފިޔާޒް ޙަސަން ވިދާޅުވީ އެކައުންސިލްގެ ބޭނުމަކީ މަޑަވެލީގެ ހުރިހާ ރައްޔިތުންނަކީ ވެސް ޓްރާންސްޕޯޓްގެ ގާނޫނަށް އިޙްތިރާމްކުރާ ބައެއް ދިރިއުޅޭ ރަށަކަށް ހެދުން ކަމަށާއި ގދ އަތޮޅު ކައުންސިލްގެ އެހީތެރިކަން އިންތިހާއަށް ލިބިގެން އެ ކައުންސިލުން ފެށި މަސައްކަތަށް ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ.

މަޑަވެލިީގައި ދިރިއުޅޭ ފަރާތްތަކަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަން ހެދުމަށް ކައުންސިލުން ވަމުންދާ އެހީތެރިކަމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ކައުންސިލަރު އަފްސާނާ ސައީދު ވިދާޅުވީ ކައުންސިލުން ކުރަމުންދާކަމަކީ ލައިސަންސް ހެދުމަށް ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުމާކާ ފޮޓޯ ފުރިހަމަ ކުރުމަށް ފަހު އިދާރާތަކުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުން ކަމަށާއި އަތޮޅު ކައުންސިލުންވެސް އެއްފަހަރާ ގިނަ ބަޔަކަށް ލައިސަންސް ޓެސްޓުގައި ބައިވެރިވެ ޑްރައިވިން ޓެސްޓު ވެސް އެދުވަހުން ނިއްމައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރުވެސް 60 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވެ ލައިސަންސް ޓެސްޓު ވެސް ނިންމާފައިވާ ކަމަށް ކައުންސިލަރ އަފްސާނާ ވިދާޅުވިއެވެ.

އުންމީދަކީ ރަށުގައި އެއްގަމު އުޅަނދު ދުއްވާ އެންމެން އަތުގައިވެސް ލައިސަން އޮތުން. ޤާނޫން ތަކަށް ތަބާވުން. ކުށް މަދުވުން. އިރާދަކުރެއވިއްޔާ މި މަޤްޞަދް ޙާޞިލު ވާނެ – އަފްސާނާ ވިދާޅުވިއެވެ.

މަޑަވެލީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮއްގެން މިއަހަރު ތެރޭގައި މަޑަވެލީގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓޭޝަނެއް ވަނީ ހުޅުވާފައެވެ. އަދި މިހާރު އެރަށުގެ އިތުރުން ގުޅިފައިވާ ހޯނޑެއްދޫގައި ފުލުހުން ދަނީ ހަރަކާތްތެރި ވާންފަށާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!