ޚަބަރު
2 ލައްކަ ރުފިޔާގެ ކަރަންޓު ބިލުގެ މައްސަލައިގައި ގޭގެ ވެރިފަރާތުން ހެއްދެވީ ދޮގެއް – ފެނަކަ ނަޑެއްލާ ބްރާންޗް

ގދ ނަޑެއްލާ ގެއަކަށް އޮޅުމަކުން ޙަވާލު ކުރެވުނު 2 ލައްކަ ރުފިޔާގެ ކަރަންޓް ބިލްގެ މައްސަލައިގަ ގޭގެ ވެރިފަރާތުން ހާމަކުރީ ދޮގު މަޢުލޫމާތު ކަމަށް ނަޑެއްލާ ފެނަކަ ބްރާންޗްގެ އެސިސްޓަންޓް މެނޭޖަރ ފަރީޝް ފާރޫޤް ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ގދ. ނަޑެއްލާގެ ގެއަކަށް ކަރަންޓް ބިލް ޙަވާލު ކުރެވުނު އިރު ބިލުގައި ޖުމްލަ ޢަދަދު 2 ލައްކަ ރުފިޔާ އިން މައްސަލައެއްގައި އެގޭގެ ވެރިފަރާތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދީފައި އިން އިރު އޭގެ ތެރޭގައި ދޮގު މައުލޫމާތު ތަކެއް ހުރިކަން ފާހަގަ ކުރައްވާ ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ފަރީޝް ފާރޫޤް މިއަދު ވިދާޅުވީ ބިލް ޙަވާލު ކުރެވުނުތާ އިރުކޮޅެއް ފަހުން އެއޮފީހަށް ބިލުގައިވާ ކުށް ފާހަގަ ކުރެވިގެން 30 މިނެޓުގެ ތެރޭގައި އަލުން ބިލް ރަގަޅު ކުރުމަށްފަހު އެގެއާ ޙަވާލުކުރެވުނު ކަމަށާއި އެކަންކުރީ އެގޭގެ އެއްވެސް މީހެއްގެ ފަރާތުން ޝަކުވާއެއް ލިބިގެން ނޫން ކަމަށެވެ.

އެއީ ބިލް ޕްރިންޓް ކުރި އިރު ހެދިފައި އިން މިސްޓޭކެއް. އެމައްސަލަ ފާހަގަ ކުރެވިގެން އަޅުގަނޑުމެން އަމިއްލަޔަށް ހައްލު ކުރީ – ފަރީޝް ވިދާޅުވިއެވެ.

ފެނަކައިން ކަރަންޓުގެ ޚިދުމަތް ހޯދަމުން ގެންދާ ނަޑެއްލާ, ފެހިވިލާގޭގެ ނިމިދިޔަ ފެބުރުއަރީ މަހުގެ ކަރަންޓުބިލު ލިބުނު އިރު އޭގައި ކަރަންޓު 31 ދުވަހަށް ބޭނުން ކުރެވިފައިވާ ޔޫސޭޖްގެ ގޮތުގައި ލިޔެފައި ވަނީ 59117.00 ޔުނިޓް އަރާފައިވާކަމަށެވެ.

އެއާއެކު އެގޭގެ ކަރަންޓު ބިލަށް އަރާފައިވާ ފައިސާގެ އަދަދަކީ 243،016 (ދެލައްކަ ސާޅީސް ތިންހާސް ސޯޅަ) ރުފިޔާ ކަމަށް ވެސް ބިލުން އެގެން އޮވެއެވެ.

ފެހިވިލާގޭގެ ވެރިފަރާތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެމުން  އިއްޔެ ބުނީ، މީގެ ކުރިން އެގޭގެ ކަރަންޓުބިލަށް އެއްހާސް ރުފިޔާއަށްވުރެ ގިނައިން އަރާފައި ނުވާކަމަށާއި، ނަމަވެސް މިމަހުގެ ބިލު ލިބުނު އިރު ދެލައްކައަށްވުރެ ގިނަ ރުފިޔާ އިނުމުން ހައިރާންވި ކަމަށެވެ.

ގޭގެ ވެރިފަރާތުން އިތުރަށް ބުނީ، ނަޑެއްލާގައި ހުންނަ ފެނަކަ ބްރާންޗަށް ދިޔުމުން، އެއީ އިދާރީ އޮޅުމެއް ކަމަށް ބުނެ، އަލުން އެގޭގެ ކަރަންޓް ބިލް ތައްޔާރުކުރީ ކަމަށެވެ.

އެހާ ބޮޑު އަދަދެއް އިންކަން އެގުމުން ފެނަކަ ނަޑެއްލާ އޮފީހަށް ގޮސް ދެއްކިން. އެމީހުން ބުނީ ބިލު ހެދިފައިވަނީ ނުބައިކޮށް ކަމަށް. ފަހުން ރަގަޅުކޮށްފި. މިހާރު ބިލުގަ އިނީ 800 އެއްހާ ރުފިޔާ. – ފެހިވިލާގޭ ވެރިފަރާތުން ބުންޏެވެ.

ކަރަންޓު ބިލަށް މިގޮތަށް ދިމާވަނީ، ބިލް ހަދަމުންދާއިރު ޔޫސޭޖް ނުބައިކޮށް ޖެހިގެން ދިމާވާ ކަމެއް ކަމަށް ފެނަކައިން ބުނެއެވެ. މީގެ ކުރިންވެސް ނުބައިކޮށް ބިލު ހެދިގެން ބިލުގެ އަދަދު ބޮޑުވުމުގެ މައްސަލަތައް ވަނީ ދިމާވެފައެވެ. އަދި ބައެއް ފަހަރު، މިގޮތަށް އަރާ އޮޅުމުގެ ސަބަބުން އަދަދު އިތުރުވާ ކަން ނޭނގި ބައެއް ފަރާތްތަކުން ކަރަންޓު ބިލް ދައްކާފައިވެސް އެބަހުއްޓެވެ.

  1. ޟުދިން

    ކުދ މިސްޓޭކްް ފާހަގަަ ނުވާނެދޯޯ. ތިގޮތައްް ކިހާބައިވަރެއްް ނަގާފަަ ހުންނާނެ

  2. ހަމަ ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް ހުވަދޫ ނިއުސް އިން ތިބެނީ އެ ޚަބަރު ލިޔަން ހޭވާއްލާ ތައްޔާރުގައި. އޭގެ ހަޤީޤަތެއް ބެލުމެއް ނެތި. ޚަބަރު ލިޔަންވާނީ އެކަމުގެ ހަޤީޤަތް ބަލައިފައި.