ޚަބަރު
މިއަހަރުގެ ހައްޖަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން މީހުން ސައުދީއަށް އެތެރެވުމުގެ ހުއްދަދީފި

މިއަހަރުގެ ހައްޖަށް ދުނިޔޭގެ ހުރިހާ ކަންކޮޅަކުން މީހުން ސައުދީއަށް އެތެރެވުމުގެ ހުއްދަ އެޤައުމުން ދީފިއެވެ. ކޮވިޑް-19 އާއި ގުޅިގެން މިދިޔަ ދެއަހަރު ހައްޖުގެ އަޅުކަން ކުރިޔަށް ގެންގޮސްފައިވަނީ މަދު އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެންނެވެ.

ސައުދީ ސަރުކާރުން ބުނީ މިއަހަރުގެ ހައްޖަށް ދުނިޔޭގެ ހުރިހާ ހިސާބަކުން މީހުންނަށް އެ ޤައުމަށް އެތެރެވެވޭނެކަމަށެވެ. އަދި ޤައުމުތަކުން މީހުން ހައްޖަށް ގެންދިޔުމަށް ދޫކޮށްފައިވާ ކޯޓާތައް އަލުން މުރާޖާކުރުމަށްފަހު ވަރަށް އަވަހަށް ޤައުމުތަކަށް އަންގާނެކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ. ސައުދީގެ ޙައްޖުގެ މިނިސްޓްރީން ޙައްޖަށް އެތެރެވުމަށް ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފއިވަނީ ކޯވިޑްގެ ވެކްސިން ފުރިހަމަކޮށްފައިވުމެވެ.

އަހަރަކު 2 މިލިއަނަށްވުރެ ގިނަ މުސްލިމުން ބައިވެރިވާ ޙައްޖުގެ އަޅުކަން މިދިޔަ ދެ އަހަރުވެސް ކުރިޔަށް ގެންދިޔައީ ސައުދީން ބޭރުން އެއްވެސް މީހަކު ބައިވެރިވުމުގެ ފުރުޞަތު ނުދީއެވެ. މި ގޮތުން 2020 ވަނަ އަހަރު 10000 މީހުންނަށް ޙައްޖުގައި ބައިވެރިވުމުގެ ފުރުސަތު ސައުދީ ސަރުކާރުން ދިން ނަމަވެސް އެފަހަރު އަޅުކަމުގައި ބައިވެރިވީ ހާހެއްހާ މީހުންނެވެ. މިދިޔަ 2021 ވަނަ އަަހަރު ޙައްޖުގައި ބައިވެރިވުމުގެ ފުރުސަތު ދިނީ 60000 މީހުންނަށެވެ.

ކޮވިޑާއި ދެކޮޅަށް ދެ ޙަރަމްފުޅުގައި އަޅާފައިވާ ފިޔަވަޅުތައް މިއަދު ވަނީ އެއްކޮށް ދޫކޮށްލާފައެވެ. މިގޮތުން ގައިދުރުކޮށް ނަމާދުކުރުން މިއަދުގެ ފަތިސް ނަމާދާއި އެކު ވަނީ ނިމުމަކަށް ގެނެސްފައެވެ. އަދި ދުނިޔޭގެ ހުރިހާ ހިސާބަކުން ވިޔަސް އުމުރުން 5 އަހަރުން މަތީގެ ކޮންމެ މީހަކަށް އުމްރާއަށް އެތެރެވުމުގެ ހުއްދަވެސް މިއަދު ވަނީ ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!