ޚަބަރު
ޓެކްސީ ކުރުމަކީ ގިނަ ބަޔަކު ދިރިއުޅުމަށް ކުރާ މަސައްކަތް، ތެލުގެ އަގުބޮޑުވުމުން ދަތުރުގެ އަގުބޮޑުވާންޖެހޭ – ސައުދުﷲ

ތެލުގެ އަގުބޮޑުވާ ވަރަކަށް ބަދަލާއެކު ޓެކްސީ އަގުވެސް އަދި އެހެނިހެން ތަކެތީގެ އަގުވެސް މަތިވެގެން ދާނެ ކަމަށާއި، އެކަމަކީ ގިނަ ބަޔަކު ދިރިއުޅުމަށް ކުރާ މަސައްކަތް ކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ސައުތު ރީޖަނަލް ޑައިރެކްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ، ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ޓެކްސީގެ އަގުތައް ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީއިން ރަސްމީކޮށް ބޮޑު ނުކޮށްފި ނަމަ 10 ވަނަ ދުވަހުން ފެށިގެން އަގުބޮޑުކޮށް ދަތުރު ކުރާނެ ކަމަށް މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތްދޭ ސެންޓަރުތަކުން އިންޒާރު ދިނުމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއިން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކުރާ ހުރިހާ ސެންޓަރުތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެމިނިސްޓްރީއިން ވިދާޅުވުމާއި ގުޅިގެންނެވެ.

ސައުދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޓެކްސީ އަގުވެސް އަދި އެހެނިހެން ތަކެތީގެ އަގުވެސް ތެލުގެ އަގު ބޮޑުވީމަ މަތިވެގެން ދާނެ ކަމަށާއި، ތެލުގެ އަގު ބޮޑުވުމުން އަގުތަކަށް ބަދަލު އަންނަން ޖެހޭ ކަމަށެވެ.

އެތައް ބަޔަކު ދިރިއުޅެން ކުރާ މަސައްކަތެއް އެއީވެސް. ހަމަ ގަބޫލުކުރުމަކީ އެންމެ ބުއްދިވެރި ގޮތް. އިގްތިސާދީ ލޮޅުން މިގައުމަށް އިންތިހާއަށް އަރާނެ – ސައުދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ސައުދުﷲ އިތުރަށް ވިދާޅުވީ، ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުން މިގައުމަށް ވެސް އަންނާނެ ކަމަށާއި، ހާލަތަށް ބަލާފަ ބަދަލު ކުރަންޖެހޭ ކަންތައް ކުރަން ވެސް ޖެހޭނެ ކަމަށެވެ. އަދި ސަރުކާރެއް ދެމި އޮންނާނީ މަސައްކަތްތެރީންވެސް ހިމެނޭ ގޮތަށް ކަމަށްވެސް ސައުދުﷲ ވިދާޅުވިއެވެ.

 1. ސަރުކާރު

  ކޮބާ ސަރުކާރާށް ލިބުނުހާ ކޮވިޑު ވަގު ފައިނޭންށިއަލް ސަޕޯޓް. ސަބްސިޑައިދސް ނުކުރެވޭތަ.

 2. ބުނެލާން އޮތީ ޑްރައިވަރުން މިތިބަ ގޮވަނީއޭ، ކޮބާ ކޮބާ މަގޭ ޙައްގު.
  ނޯ ވޯޓް ނޯ ޙައްގު.

 3. ޢަލަފަތް

  ސައުުދު ސަރުކާރުގަ ކުންފުނި ތަކުގަ ހުރެގެން ކުރާ ވައްކަންތައް ސަރުކާރުން ނުބެލެނީ ކީއްވެބާ؟؟؟؟؟؟