ޅެން: އެނގުނު އެއްވެސް އަގެއް ނެތްކަން
ޢީސާ ޝަރީފު
ދުރަށް ދިއުމާ، ފެޔަށް ޖެހުމީ، މަށަށް އޮތް އިޚުތިޔާރެއްކަން
ކުރަން ބޭނުން އެނގޭ އިރުވެސް މިއީ ހިތި އިންތިޒާރެއްކަން
ޤަތުލް ކުރިއިރު މި ހިތް ތި އަތުން ތިބާޔަށް ހަމަ ޔަޤީންވާނޭ
ހިތުން ވިންދެއް ޖަހާލިޔަކަސް، މި ނަފްސުގެ ބޭނުމެއް ނެތްކަން
އެދުހު ތި އަތުންނެ މަގުދެއްކީ، ޚިޔާލީ ފޮނި ފޮލާ ކެއްކީ
ބަދަލުކުރިކަން ދެހިތް ދެހިތާ ކިހާ ދެރަހޭ ހަނދާން ނެތްކަން
ހިތުގެ ދޮރުގައި ދިނީމާ ޓަކި، އިވުނު ކުރު ތިން ލަފުޒު އެތެރޭން
ރަތުގެ އިންޒާރަކުން ބުނެދިން، މިއަދު ވަނުމުގެ ޢިޒުނަ ނެތްކަން
ކޮބައިހޭ ބޭނުމެއް މިހިތުގެ، ނުވާނަމަ ތިޔަ ޚިޔާލުތަކެއް؟
ތިބާ ނެރެފައި ބަލައިފިއްޔާ އެނގޭނޭ ހިތް މުޅިން ހުސްކަން
ދެވުނު އަހުމިއްޔަތާ ޚިދުމަތް ބަލައިނުގަތޭ، ނެތޭ ރަޙުމެއް
ވެވުނުބޭކާރު ލޯބީގައި، އެނގުނު އެއްވެސް އަގެއް ނެތްކަން
ރީތި