ޚަބަރު
ފެބްރުއަރީ މަހު ފެމިލީ ކޯޓުގައި 253 ކައިވެނި ކުރިއިރު 181 ވަރިކޮށްފައިވޭ

މިއަހަރުގެ ފެބުރުއަރީމަހަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ކައިވެނި ކުރެވުނު އެއްމަހެވެ. މިދިޔަ މަހު ފެމެލީ ކޯޓުގައި 253 ކައިވެންޏެއް ވަނީ ކޮށްފައިވެއެވެ. އޭގެ އިތުރުން މިދިޔަ މަހު ގިނަ އަދަދަކަށް ވަރީގެ މައްސަލަތައްވެސް އެކޯޓުގައި ވަނީ ރަޖިސްޓްރީ ކުރެވިފައެވެ.

ފެމެލީ ކޯޓުން މިދިޔަ މަހުން ފެށިގެން ކޮންމެ މަހެއްގެ ތަފާސް ހިސާބު އާންމު ކުރުމަށް ވަނީ ނިންމާފައެވެ. އެކޯޓުން ބަލަމުންދާ މައްސަލަތަކާއި، ނުނިމިހުރި މައްސަލަތަކުގެ ތަފާސް ހިސާބުވެސް މިދިޔަ މަހުން ފެށިގެން ގެންދަނީ އާންމު ކުރަމުންނެވެ.

ފެމެލީ ކޯޓުގެ މިދިޔަ މަހުގެ ވަރި، ކައިވެނީގެ ތަފާސް ހިސާބު

ފެމެލީ ކޯޓުގެ އާއިލީ މައްސަލަތައް ހައްލު ކުރުމާއިބެހޭ ބައިން ވަނީ މިދިޔަމަހު 25 މައްސަލައެއް ނިންމާފައެވެ. އަދި ކުދިންނާއި ގުޅުންހުރި 7 މައްސަލައެއްވެސް ވަނީ މިދިޔަ މަހު ނިންމާފައެވެ. އޭގެ ތެރޭގައި، ކުދިންގެ ޤާނޫނީ ބެލެނެވެރިކަން ކުރާނެ ފަރާތާއި ހަވާލުކުރި 3 މައްސަލައަކާއި، ކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ 3 އަމުރެއްވެސް ވަނީ ނެރެފައެވެ. އަދި ކުޑަކުދިންނާއި ގުޅުންހުރި ޚަޟާނަތުގެ މައްސަލައެއްވެސް ވަނީ ނިންމާފައެވެ.

ފެމެލީ ކޯޓުން މިދިޔަ މަހު ނިންމި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް

ފެބުރުއަރީ މަހު ނިންމި އާއިލީ އެހެނިހެން މައްސަލަތަކަށް ބަލާއިރު ހުށަހެޅުނު މައްސަލަ ތަކުގެ ތެރެއިން 45 މައްސަލައެއް ވަނީ ނިންމާފައެވެ. ނިންމި މައްސަލަތަކުގެ ތެރޭގައި މަރު ސާބިތު ކުރުމުގެ 9 މައްސަލައަކާއި، ހުކުމް ތަންފީޒު ކުރުމުގެ 20 މައްސަލައެއްވެސް ހިމެނެއެވެ. އެކޯޓުން ވަނީ މިދިޔަމަހު ޚަރަދާއި ގުޅުންހުރި 12 މައްސަލައެއްވެސް ނިންމަފައެވެ.

ފެމިލީ ކޯޓުން މިދިޔަ މަހު ނިންމި އާއިލީ މައްސަލަތައް

މިދިޔަމަހުގެ ނިޔަލަށް ފެމެލީ ކޯޓަށް ވަނީ ގެވެށި އަނިޔާގެ 6 މައްސަލައެއް ހުށަހަޅާފައެވެ. އޭގެ ތެރެއިން ރައްކާތެރިކަމުގެ އަވަސް އަމުރު 4 މައްސަލައެއްގައި ވަނީ ނެރެދީފައެވެ.

މިދިޔަމަހު ފެމެލީ ކޯޓުންވަނީ ވަރިއާއި ގުޅުންހުރި 229 މައްސަލައެއްވެސް ނިންމާފައެވެ. އޭގެ ތެރޭގައި ވަރިވުމަށް ހުށަހެޅުނު 101 މައްސަލައަކާއި، ވަކި ކުރުމަށް ހުށަހެޅުނު 22 މައްސަލައަކާއި، ވަރި ސާބިތު ކުރުމަށް ހުށަހެޅުނު 51 މައްސަލަ ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!