ޚަބަރު
އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތެލި، ތަށި، އުނދުޅި ނުދިނުމަށް އެދިއްޖެ

2022 ވަނަ އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތައް ބާއްވަން ހަމަޖެހިފައިވާއިރު، ބައެއް ކަންކަމަށް ސަމާލުވުމަށް ޖެންޑާރ މިނިސްޓްރީން އެދިއްޖެއެވެ.

އެ މިނިސްޓްރީން މިދިޔަ މަހުގެ 27 ގައި ސަރުކާރުގެ އޮފީސްތަކަށް ފޮނުއްވި ސިޓީއެއްގައި، އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ބާއްވާއިރު ބައެއް ކަންކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ. އެގޮތުން އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަނބަލުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ހަދިޔާ އަށް ބަދިގޭގައި ގެންގުޅޭ ތަކެތި (ތެލި، ތަށި، އުނދުޅި) އަދި ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ ތަކެތި (މޮޕް، ފިހިގަނޑު) ފަދަ ތަކެތި ނުދިނުމަށް އެމިނިސްޓްރީގެ ސިޓީގައި ވަނީ އެދިފައެވެ.

އަދި އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަނބަލުންނަށް މަރުހަބާ ދެންނެވުމަށް ރަތް ދޫލަ އެޅުން މަނާވާނެ ކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ. މީގެ އިތުރުން ފިނިފެންމާ ދިނުމާއި، މާބޮޑި ދިނުމާއި، ޗޮކްލެޓާއި އެހެނިހެން ބައެއް ތަކެތި ދިނުން މަނާވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ ސިޓީގައިވާ ގޮތުން އަންހެނުންގެ ދުވަސް ފާހަގަކުރަން އެ ތަކެތި އަންހެނުންނަށް ހަދިޔާއަކަށް ނުދިނުމުގެ އިތުރުން ވަކި ޖިންސަކަށް ނިސްބަތްވާ ކަމަށް މުޖުތަމައުގައި ގަބޫލުކުރެވޭ ކުލަތައް (މިސާލަކަށް އަންހެނުންނަށް ހާއްސަ ކަމަށް ބައެއް މީހުން ގަބޫލުކުރާ ފިޔާތޮށި ކުލަ) ބޭނުން ނުކުރުމަށް ސަމާލުކަން ދިނުމަށް ވެސް ޖެންޑާ މިނިސްޓްރީން އެދެ އެވެ.

އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާޗު މަހުގެ 7 ވަނަ ދުވަހެވެ. މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިޢާރަކީ “ޖެންޑާ އީކުއެލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ”

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!