ޚަބަރު
އުރީދޫގެ ހިއްސާއަކަށް 2.70 ރުފިޔާ ބަހަން ނިންމައިފި

އުރީދޫގެ ހިއްސާއަކަށް 2.70 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ނިންމައިފިއެވެ.

ކްރޮސްރޯޑްސްގައި ރޭ ބޭއްވި އުރީދޫގެ އަހަރީ އާއްމު ޖަލްސާގައި ނިންމާފައިވަނީ އެކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ކޮންމެ ހިއްސާއަކަށް 2.70ރ ބެހުމަށެވެ.

މިއީ 2020 ވަނަ އަހަރު ހިއްސާއަކަށް ބެހި އަދަދަށްވުރެ ބޮޑު އަދަދެކެވެ. 2020 ވަނަ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 2.34 ރުފިޔާއެވެ.

އުރީދޫގެ ބޯޑުން ހުށަހެޅި ގޮތަށް ހިއްސާގެ ފައިދާ ބަހަން ފާސްކުރަން ވޯޓު ދިނީ މިޖަލްސާގައި ބައިވެރިވި 1،202 ހިއްސާދާރުންގެ ތެރެއިން 98.7 ޕަސެންޓް ހިއްސާދާރުންނެވެ. މިދިޔަ އަހަރު އުރީދޫއަށް ލިބުނު އާމްދަނީ އާއި ސާފު ފައިދާ ކުރީ އަހަރަށް ވުރެ މަތިވުމުން މިފަހަރު ހިއްސާގެ އަގު މިވަނީ މަތިވެފައެވެ.

އުރީދޫގެ މާލީ ރިޕޯޓްތައް ދައްކާ ގޮތުން، އެ ކުންފުންޏަށް މިދިޔަ އަހަރު 1.78 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. ސާފު ފައިދާގެ ގޮތުގައި ލިބުނީ 465 މިލިއަން ރުފިޔާ އެވެ.

އުރީދޫން ހާމަކުރާ ގޮތުގައި މިހާރު އަމަލުކުރާ އިންކަމް ޓެކްސް ޤާނޫނުގެ ދަށުން ރެޒިޑެންސީ ޔަގީން ނުވާ ނަމަ ފައިސާ ޖަމާ ކުރާއިރު 10 ޕަސެންޓް ކެނޑުމަށް ފަހު މީރާއަށް ދައްކަން ޖެހޭތީ ހުރިހާ ހިއްސާދާރުން، އެ މީހަކު ދިރިއުޅޭ ތަނުގެ މައުލޫމާތު (ރެޒިޑެންސީ) އަޕްޑޭޓް ކުރަން ޖެހެއެވެ.

މިދިޔަ އަހަރު ވެސް ބައެއް ހިއްސާދާރުން އެ މައުލޫމާތު އަޕްޑޭޓް ނުކުރާތީ 2020 ވަނަ އަހަރުގެ ހިއްސާގެ ފައިދާ އަދި ޖަމާ ނުކުރެވޭ ކަމަށް އުރީދޫން ވަނީ ވިދާޅުވެފައެވެ.

ރޭ ބޭއްވުނު އަހަރީ އާއްމު ޖަލްސާގައި އުރީދޫގެ ބޯޑަށް ކުރިމަތިލި އާންމު ހިއްސާދާރުންގެ ތިން މެންބަރުންގެ ތެރެއިން 732 ވޯޓާއެކު ހޮވިފައިވަނީ ފަރީހާ ޝަރީފެވެ. ފަރީހާ ދެވަނަ ފަހަރަށް އެ މަގާމަށް ހޮވީ 2024 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާއާ ހަމައަށެވެ.

ފަރީހާގެ އިތުރުން ބޯޑަށް ކުރިމަތިލި މެންބަރުންނަކީ އާއިޝަތު ހުސައިން މަނިކާއި އިބްރާހިމް ފިރުޝާން އެވެ.

އުރީދޫގެ މި އަހަރުގެ އޮޑިޓަރަކަށް ނެގީ ޕްރައިސް ވޯޓާ ހައުސް ކޫޕާސް އެވެ. އެ ކުންފުނި ކަނޑައަޅަން 98.7 ޕަސެންޓް ހިއްސާދާރުން ވޯޓުދިން އިރު، އުޖޫރައަކީ 62،920 ޑޮލަރު (970،226ރ.) އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!