ޚަބަރު
މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގައި އެކި އެކި ދާއިރާތަކުގެ ޒިންމާތަކެއް އެބަހުރި: މިނިސްޓަރ

ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގައި އެކި އެކި ދާއިރާތަކުގެ ޒިންމާތައް އެބަހުރި ކަމަށާއި މި މަސައްކަތްތަކަކީ ހަމައެކަނި ޖެންޑަރ، މިނިސްޓަރީއަށް ޚާސިލުކުރެވޭނެ ކަންކަމެއް ނޫން ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދުވަހުގެތަހުނިޔާ ފޮނުއްވައި ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ދެއްވި ޚިޠާބުގައި ވިދާޅުވީ، ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގައި އެކި އެކި ދާއިރާތަކުގެ ޒިންމާތައް އެބަހުރި ކަމަށާއި، ޖެންޑާ މިނިސްޓްރީއަށް އެކަނި މިންތީގެ ހަމަހަމަކަން ޤާއިމެއް ނުކުރެވޭނެ ކަމަށެވެ.

އެހެންކަމުން، އެކި ދާއިރާތަކުން މި ޕްލޭން ތަންފީޒުކުރުމަށް ހިނގާނެ ޚަރަދު އަންދާޒާކުރުމަށްޓަކައި “އެކްޝަން ޕްލޭންގެ ކޯސްޓް” ކުރުމުގެ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އަދި މި ކޯސްޓިން ގެ ސަބަބުން 2023 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލާއިރު އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ހުރިހާ ދާއިރާއަކުންވެސް އަންދާސާކޮށް ބަޖެޓް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހަމަ އެއާއެކު، ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން، ކައުންސިލުތަކަށް ޒިންމާތައް ހަވާލުކުރުމަށް 2021 ޑިސެންބަރުގައި ޤަވާއިދެއް ގެޒެޓުކުރެވި، މި އަހަރުގެ ޖޫން މަހުން ފެށިގެން ޢަމަލުކުރަންފަށާނެ ކަމަށާއި އަދި މި މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ރޭވުމަށްޓަކައި ކޮންމެ އަތޮޅެއްގައި ހުންނަ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ތަކުގެ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންއަށް އަހުލުވެރިކުރުމަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދެވި މާރިޗު މަހުގެ ތެރޭގައި، އަތޮޅު ފެންވަރުގައި، ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އަމަލީ ސިފައެއްގައި އެކްޝަން ޕްލޭން ތަންފީޒުކުރުމަށްޓަކައި ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި، އަދި ދިވެހިރާއްޖޭގައިވެސް ދިމާވާ ބޮޑެތި ކާރިސާތަކާއި، ކުރިމަތިވާ ހާލަތްތަކުގައި، ނޭދެވޭ އަސަރުތައް ކުރާ އެއް ބަޔަކީ އަންހެނުންނާއި އަންހެން ކުދިން ކަމަށެވެ. ކޮވިޑް-19 ގެ ޙާލަތުގައި އެކި ދާއިރާތަކުން މިކަން ސާފުކޮށް ފެނިގެންދިޔަ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

“އެގޮތުން، 2020 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ދިމާވި އިޤްތިޞާދީ ހީނަރުކަމުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ފެނިގެންދިޔައީ ގިނައިން އަންހެނުން ހަރަކާތްތެރިވާ ‘އިންފޯރމަލް ސެކްޓަރ’ގައި. ކޮވިޑް19 ލޮކްޑައުންއަށް ފަހު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވެގެންދިޔައިރު، މިނިސްޓްރީއަށް ހުށަހެޅިފައިވާ ގިނަ މައްސަލަތަކަކީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތް. އަޅުގަނޑުމެންގެ ނިޒާމުތައް މިހާރު ހުރި ގޮތުން، މިފަދަ ކޮންމެ ލޮޅުމެއްގައިވެސް، އޭގެ ނޭދެވޭ އަސަރުތައް އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވޭ. ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކަކީވެސް މިފަދަ ކަމަކަށް ވެގެންދާނެ.” މިނިސްޓަރ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓަރުގެ ޚިޠާބުގައި ދެމެހެއްޓެނިވި މާދަމާއަކަށް، އަންހެނުންގެ ބައިވެރިވުމާއި، އަންހެނުންގެ ހިއްސާ އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، 2030ވަނަ އަހަރަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމި މުޢާހަދަތަކަށް ރިޕޯޓުކުރުމުގައި، ދިވެހިރާއްޖޭގެ އަންހެނުންގެ ޙާލަތު ބަދަލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!