މާލެއިން ޓެކްސީއަށް އެރި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ތިން ދުވަސް ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ ރޭ 00:50 ކަންހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލަ އާއި ގުޅިގެން 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ފުލުހުންގެ ބަންދުގައި ތިން ދުވަހުގެ މުއްދަތަށް ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ޓެކްސީތަކަށް އަރާ އަންހެނުންނަށް ޖިންސީ ގޯނާ އާޢ ފުރައްސާރަ ކުރާ މައްސަލަ ދަނީ މަދުން ނަމަވެސް ފެންމަތިވަމުންނެވެ. އެއަންހެން މީހާ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ގެންގޮސް ޖިންސީ ގޯނާކުރަން އުޅުނު ޓެކްސީވެސް އިއްޔެ ވަނީ އަތުލައިގެންފައެވެ. އެ ވީޑިއޯ މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.