ޚަބަރު
އަސްވަދު ގެ ދީލަތި އެހީ އާއި އެކު އެމްބިއުލާންސް ނަޑެއްލާއަށް

ގދ.ނަޑެއްލާއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެމްބިއުލާންސް އެރަށަށް ގެންދިޔުމަށް ނަޑެއްލާގެ ޒުވާނެއް ކަމުގައިވާ މުހައްމަދު އަސްވަދު އެހީ ވުމަށް ނިންމައިފިއެވެ.

މުހައްމަދު އަސްވަދު “ހުވަދޫ ނިއުސް” އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ، ދޯނި މިހާރު އޮތީ މާލެ-ވިލިނގިލީގައި ކަމަށާއި،  އެމްބިއުލާންސް ޖެޓީ އަށް ގެނައުމުން ވީހަވެސް އަވަހަކަށް ނަޑެއްލާއަށް އެމްބިއުލާންސް ފޮނުވުމަށް ދޯނި ދަތުރު ފަށާނެކަމަށްވެސް އަސްވަދު ވިދާޅުވިއެވެ.

އަސްވަދުގެ ދީލަތި އެހީ މިކަމުގައި ލިބިފައި މިވަނީ ނަޑެއްލާ އަށް އެމްބިއުލާންސެއް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތެއް ކޮށް ނިމި ޓްރާންޕޯޓު ކޮށްދޭނެ ފަރާތެއް ހޯދުމަށް މަޑަވެލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރ ހުސައިން ފިރުޝާން އާއި ނަޑެއްލާ ކައުންސިލުން މަސައްކަތް ކުރަމުން ދަނިކޮށެވެ.

މީގެ އިތުރުން މެމްބަރ ފިރުޝާން ފޭސްބުކް ގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ ގދ. ނަޑެއްލާއަށް ސަރުކާރުން ފޮނުވުމަށް ހަމަޖެހިފައިވާ އެމްބިއުލާންސް, ނަޑެއްލާގެ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ޓްރާންސްޕޯޓް ހަމަޖެހިފައިވާ ކަމަށާއި، މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި މާލެ އިން ފުރުވާލެވޭނެ ކަމަށް ވެސް އެ ޕޯސްޓްގައި ފިރުޝާން ވިދާޅުވިއެވެ.

އަދި މިކަމަށްޓަކައި ސަރުކާރަށާއި، ވަކީން ޚާއްސަކޮށް މުހައްމަދު އަސްވަދު އަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާކަމަށް ވެސް މެމްބަރ ގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ޙާލަތު އިންތިހާޔަށް ގޯސްވެ މޮނީޓަރިންގ ހާލަތަށް ގެންގޮސްފައިވާ ނަޑެއްލާ ސިއްހީމަރުކަޒުގައި އެމްބިއުލާންސެއް ނެތުމުން އާންމު ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ. ނަޑެއްލާގައި އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑިފައިވާތާ މިހާރު 2 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އަދި ނަޑެއްލާއަށް އެމްބިއުލާންސެއް ގެނައުމުގެ މަސައްކަތް ދާއިރާގެ މެމްބަރ ގެ އިތުރުން ކައުންސިލުންވެސް މަސައްކަތް ކޮށްފައިވާކަން ފާހަނގަ ކޮށްލަމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!