ޚަބަރު
ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

ކުޅުދުއްފުށި ސިޓީގެ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫއު ރަސްމީކޮށް ފެއްޓެވުމަށް މިއަދު ހަވީރު އެސިޓީގައި ބޭއްވި ރަސްމިއްޔާތުގައި މަގުހެދުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މޫސާ އަލިމަނިކުއެވެ.

އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ގެ އިތުރުން މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލަތީފްގެ އިތުރުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ޖަމްޝީދު ވަނީ ބައިވެރިވެފައެވެ.

ކުޅުދުއްފުށި މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވަނީ — ފޮޓޯ: އާރްޑީސީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މިމަޝްރޫއުގެ ދަށުން އެސިޓީގެ 23 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ. އަދި މަގުބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް މި މަޝްރޫއުގެ ތެރެއިން ހިމެނިގެންދާނެއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އާރްޑީސީއާ ދެމެދު މިމަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ 25 ފެބްރުއަރީ 2021 ގައެވެ.

މިމަސައްކަތް އާރްޑީސީއާއި ހަވާލުކުރީ 510 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 100.7 މިލިއަން ރުފިޔާއަށެވެ.

ކުޅުދުއްފުށި މަގުހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެރަށުގެ މައި މަގު ކަމަށްވާ “އަމީނީ މަގު” ގެއިތުރުން އިތުރު 12 މަގެއް ވަނީ ތަރައްގީ ކުރެވިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!