ޚަބަރު
މަރުތަކަށް އިންސާފު ނުލިބޭ ވާހަކަ ދައްކަން ސަރުކާރުން ލަދުވެތިވާން ޖެހޭ: ސަލީމް

މަރުތަކަށް އިންސާފުނުލިބޭ ވާހަކަތައް ދައްކަން މިއަދު ސަރުކާރުން ލަދުވެތިވާންޖެހޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ ބަޔާނަށް ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ މިއީ މަރުތައް ވިއްކައިގެން ވެރިކަމަށް އައި ސަރުކާރެއް ކަމަށާއި މަރުތަކަށް އިންސާފް ހޯދަން މިސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

ސަލީމް އިތުރަށް ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަކީ ސަރުކާރުގެ އާއިލާ މީހުންނާއި ރައްޓެހިންނަށް ރައްޔިތުންގެ ފައިސާއިން މުސާރަ ދިނުމަށް އުފައްދާފައިވާ ބޭކާރު ތަންތަންކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަން ރުފިޔާ ކޮންމެ އަހަރަކު ޚަރަދުކުރާއިރު މަސައްކަތުގެ ނަތީޖާ ނުނެރެވޭތީވެ އެކޮމިޝަންތައް އުވާލުމަށް ސަލީމް ވަނީ ގޮވާލާފައެވެ.

ރާއްޖޭގައި ހިނގާދިޔަ މަރުތަކަށް އިންސާފް ހޯދުމަށް މިހާރު މާބޮޑަށްވެސް ލަސްވެއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާއިރު މަރުތަކުގެ ވާހަކަ ދައްކަން މިސަރުކާރުން ލަދުވެތިވާންޖެހޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

މަރުތައް ތަހުޤީގުކުރަން ރައީސް ސޯލިހު އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންގޮސްފައި ވަނީ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލަ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!