ޚަބަރު
ބޮމުގެ ހަމަލައިގެ ތުހުމަތު ކުރެވޭ ހަތަރު މީހަކަށް ދައުވާ ކުރަން ފޮނުވައިފި

މިދިޔަ މޭ ހަ ވަނަ ދުވަހުގެ ރޭ ކުރީގެ ރަައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމާޒުކޮށް ދިން ބޮމުގެ ހަމަލައިގެ ތުހުމަތަށް ފުރަތަމަ ހައްޔަރު ކުރި ހަތަރު މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ދައުވާ ކޮށްދިނުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފައިވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށެވެ.

މި ބޮމުގެ ހަމަލާއާ ގުޅޭ ހަތް މީހަކު މިހާރު ބަންދުގައި ތިބިއިރު، ޕްރޮސެކިއުޓާރ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވީ، އެ ދައުވާ ކުރުމަށް ފުލުހުން ފޮނުވި ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

މި ހަމަލައިގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހުގައި އެދިފައިވާއިރު، އަދުހަމް، މުޖާޒު އަދި ތަހުމީން ޝަރީއަތް ނިމެންދެން ބަންދު ކުރަން މިއަދު ކްރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!