ޚަބަރު
އޮޅުވާލައިގެން 900 މީހުންނަށް ކޯޓާ ހޯދި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިކޮނޮމިކް މިނިސްޓްރީން

ރިސޯޓެއްގައި ހިންގާ ޕްރޮޖެކްޓެއް ކަމަށް ބުނެ އޮޅުވާލައިގެން 900 މީހުންނަށް ކޯޓާ ހޯދި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް މިނިސްޓަރު ފައްޔާޒް އިސްމާއީލް ރޭ ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ފޭކް އެއްބަސްވުމެއް ހުށަހަޅައިގެން 900 މީހުންނަށް ކޯޓާ ހޯދި މައްސަލައަކީ އިކޮނޮމިކް މިނިސްޓްރީން ބަޔަކު ރާވައިގެން ހިންގި ކޮރަޕްޝަންގެ އަމަލެއް ކަމަށާއި ތިން އަހަރު ވެގެން ދިޔައިރުވެސް އެމައްސަލަ ބަލަން މިނިސްޓްރީން ބޭނުން ނުވާ ކަމަށެވެ. އަދި ރިސޯޓެއްގައި މަސައްކަތް ކުރުމަށް ބުނެ މަކަރާއި ހީލަތުން 900 ކޯޓާ އެޕްރޫވް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 200 މީހުން ރާއްޖެ އެތެރެވެފައިވާ ކަމަށް އިންތި ވަނީ ތުހުމަތުކޮށްފައެވެ.

މިމައްސަލައިގައި މިނިސްޓަރ ފައްޔާޒު ވިދާޅުވީ 900 ކޯޓާގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިމިގްރޭޝަނުން ނޫން ކަމަށާއި މިނިސްޓްރީއަށް ހަޤީގަތް އެގުނު ހިސާބުން އެމައްސަލަ މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ.

މިމައްސަލައިގައި ކަންހިނގާދިޔަ ގޮތްމީދިޔާއަށް ހާމަކޮށްދެއްވަމުން މިނިސްޓަރ ވިދާޅުވީ އެއަރޕޯޓުގައި އުޅޭ ކުއްޖެއްގެ އަންހެނުން އޭރު އިކޮނޮމިކް މިނިސްޓްރީގައި އުޅޭތީ، އެކުއްޖާ އައިސް އެރިސޯޓުގައި (ސޮނެވާފުށީގައި) އެއްވެސް ޕްރޮޖެކްޓެއްނެތް ވާހަކަ އާއި އޮޅުވާލައިގެން ކޯޓާ ހޯދި ވާހަކަ މިނިސްޓްރީއާ ހިއްސާ ކުރި ކަމަށެވެ.

އޭރު ސިސްޓަމް އޮންނަ ގޮތުން ޑިޕޮސިޓް ޕޭކުރަން ފެށުމުން ކޯޓާ ކެންސަލް ނުކުރެވޭނެއެވެ. އެހެންކަމުން އިކޮނޮމިކް މިނިސްޓްރީން އެކަން ހުއްޓުވަން އުޅޭކަން އެނގުމުން އެމީހުން އެއް ފަހަރާ އެކި ދިމަދިމާލުން ޑިޕޮސިޓް ޕޭކުރަން ފެށިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިމައްސަލައިގައި ކަންހިނގާދިޔަ ގޮތް ހާމަކުރަމުން ފައްޔާޒު ވިދާޅުވީ އޭރު 900 މީހުންގެ ކޯޓާގެ ތެރެއިން 200 ބިދޭސީން ތިބީ ރާއްޖެއަށް އައިސް ކަމަށާއި އެހެން މީހުން އައުން ހުއްޓުވަން އެއާޕޯޓްގައި އިމިގްރޭޝަން ސިސްޓަމް ޑައުން ވެސް ކޮށްލިކަމަށެވެ. އަދި އެއީ އޭރުގައި އެޕްރޫވްކޮށްފައިވާ ކޯޓާތައް ސިސްޓަމުން ވަކިން ރިމޫވްކުރުމަށް ކުރި ކަމެއް ކަމެއް ފައްޔާޒު ވިދާޅުވިއެވެ. މިގޮތަށް ސިސްޓަމް ޑައުން ކޮށްލީ އޭރު ހުންނެވި ޓެލެކޮމް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާ ގުޅުއްވައި އެ ވާހަކަ ވިދާޅުވެގެން ކަމަށް އިކޮނޮމިކް މިނިސްޓަރ ވަނީ ހާމަކޮށްފައެވެ.

އެހިސާބުން އެމައްސަލަ ކަމާއިބެހޭ އިދާރާތަކަށް ހުށަހެޅީ އިކޮނޮމިކް މިނިސްޓްރީން ކަމަށް ފައްޔާޒުވަނީ ވިދާޅުވެފައެވެ.

އިންތިގެ ވާހަކަތަކަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވީ މިވާހަކަތައް މީގެ ކުރިން މީޑިޔާތަކުން ގެނެސްދީފައިވާނެ ކަމަށާއި ކެމްޕެއިނާ ދިމާކޮށް ރައްޔިތުންގެ މަޖިލިސް ފަދަ ތަންތާނގައި ތިބެ އެކަހަލަ ވާހަކަތައް ދެއްކުމަކީ ދެރަ ކަންތައް ކަމަށެވެ.

  1. ޝަޕްރާޒު ހަމީދު

    ހުވަދޫ ނިއުސް ނޫން ކިޔަންވީ
    އާކައިވް.އެމްވީ ކިޔަންވީ