ޚަބަރު
ހައިކޯޓުގެ އަމުރު ސަސްޕެންޑްކޮށް ހިތަދޫ ކޯޓުން ދޫކޮށްލި މީހާ އަލުން ބަންދުކޮށްފި

ރާއްޖެއަށް 98 ކިލޯގެ މަސްތުވާ ތަކެތި އެތެރެކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ނިންމި ނިންމުން ސަސްޕެންޑްކޮށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި މީހާ އަލުން ބަންދުކޮށްފިއެވެ.

އޮކްޓޯބަރ 2020 ގައި މަސްތުވާ ތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަންދުކުރަން ހައިކޯޓުން އަމުރުކޮށްފައިވަނީ ސ. ހިތަދޫ/މަންދޫބުގެ، ރުޝާން އަހުމަދު ދީދީގެ މައްޗަށެވެ.

ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ގެންދިޔައީ އޭނާގެ ބަންދު އިތުރު ކުރަމުން ނަމަވެސް ފަހުން އެ ކޯޓުން ވަނީ ހެކި ނެތް ކަމަށް ބުނެ އޭނާ ބަންދުން ދޫކޮށްލާފައެވެ. އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން 20 އޮކްޓޯބަރު 2020ގައި ހައި ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. އޭގެ ފަހުން 20 ފެބުރުއަރީ 2022 ގައި މެޖިސްޓްރޭޓް ރަފީއުއްދީން ވަނީ ބޭސްފަރުވާއަށް ރުޝާން 90 ދުވަހަށް ދޫކޮށްލާފައެވެ.

ހައިކޯޓުގެ އަމުރު ސަސްޕެންޑް ކުރި މައްސަލައިގައި ހައި ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ރުޝާން ބަންދުން ދޫކޮށްލީ ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ހާލަތް އެ ނޫން ހާލަތަކަށް ބަދަލުވެގެން އެކަމުގެ މައްޗަށް ރިއާޔަތްކޮށްގެން ނޫން ކަމަށާއި ބަންދުގެ މުރާޖައާ އަޑުއެހުންތަކުގައި ސިއްހީ ހާލަތުގެ މައްޗަށް ރިއާޔަތްކޮށް ވަރަށް ހާއްސަ އަދި އިސްތިސްނާ ހާލަތްތަކެއްގައި ބަންދަށް ލުޔެއް ދެވިދާނެ ކަމަށެވެ.

ހައިކޯޓުން އިއްޔެ ނެރުނު އަމުރުގައި ވިދާޅުވެފައިވަނީ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް ކަމެއް ހުރެގެން ވަގުތުން ދޫކޮށްލަން ޖެހޭ ފަދަ ކަމެއް ސިއްހީ އެއްވެސް ފަރާތަކުން ފާހަގަކޮށް އެފަދަ ލިޔުމެއް ރުޝާންއަށް ދީފައިވާކަން އެނގެން ނެތްކަމަށާއި ރުޝާންއަށް އެންމެ ފަހުން ފަރުވާ ދިނީ 8 ނޮވެމްބަރު 2021 ގައި، އޭނާ ބަންދުގައި ހުރި މުއްދަތުގައި އޭގެ ކުރިން ފަރުވާ ދީފައި ނުވުމަކީ މިހާރު އޭނާ ދޫކޮށްލަން ޖެހޭ ސަބަބެއްތޯ ހައިކޯޓުން ސުވާލު އުފެއްދި ބަންދުގައި ހުންނަ މިފަދަ މީހެއްގެ ސިއްހީ ހާތުގެ މައްޗަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްލެވޭނީ ވަރަށް އިސްތިސްނާ ހާލަތްތަކެއްގައި އެ މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ބައްޔެއް ހުރެގެން ހަމައެކަނި ޒަރޫރަތް ހުއްދަކުރާ މިންވަރެއްގެ މައްޗަށްކަމަށެވެ.

މިމައްސަލައިގައި ހައިކޯޓުގެ އަމުރު ސަސްޕެންޑްކުރި ހިތަދޫ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ނިންމައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!